Support Us

މެލޭޝިއާގައި ދޮށީ އުމުރުގެ މީހުންނަށް ވެކްސިންދޭނީ ދެވަނަ ފިޔަވަހީގައި 

މެލޭޝިއާގައި ރައްޔިތުންގެ ދުޅަހެޔޮކަން ބަލަހައްޓާ ޑިޕާޓްމެންޓްގައި މަސައްކަތްކުރާ އޮފިޝަލުންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެކްސިން ދޭނީ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި ކަމަށާއި ކުރީން އިޢުލާނުކުރެވިފައިވާ ގޮތަށް ފުރަތަމަ ފިޔަވަހީގައި ނޫން ކަމަށް ހާމަކޮށްފިއެވެ.

އަންހެނުންނާއި ޢާއިލާތަކާއި މުޖުތަމަޢީ ތަރައްޤީއާ ބެހޭ ވުޒާރާ (ކަމަންތަރިއާން ވަނީތާ، ކަލުއަރްގާ ޑަން ޕެންބަންގގުނާން މަޝަރަކަތު) އިން މިއަދު ވަނީ މި ކުށް ހާމަކޮށް އިޞްލާހުކޮށްފައެވެ. އެ ވުޒާރާއިން މިއަދު  ބުނެފައިވަނީ މި ފެބްރުވަރީމަހު 16 ވަނަ ދުވަހު އެ ވުޒާރާގެ ވަޒީރު ދާތޫ ސްރީ ރީނާ ހާރޫނު ޢާންމުކުރެއްވި ބަޔާނުގައި، މި ދެންނެވި މީސްމީހުންނަށް ފުރަތަމަ ފިޔަވަހީގައި ވެކްސިން ޖަހާނެ ކަމަށް ވިދާޅުވެވުނީ މަޢުލޫމާތުގެ ކުށަކުންނެވެ.

"ވެކްސިން ދިނުމުގެ ޕްރޮގްރާމާ ބެހޭ ގޮތުން ކުރީން ޢާންމުކުރި ބަޔާނުގައި، ވެކްސީންޖެހުމުގެ ފުރަތަމަ ފިޔަވަހީގައި ދުޅަހެޔޮކަމާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒިފުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭނެ ކަމަށް ބަޔާންކުރެވުނީ ކުށަކުންނެވެ." ޞިއްޙަތާ ބެހޭ ވުޒާރާގެ ބަޔާނުގައި ވެއެވެ. "ދުޅަހެޔޮކަމާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒިފުންނާނައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެކްސިން ލިބޭނީ ދެވަނަ ފިޔަވަހީގައެވެ. ފުރަތަމަ ފިޔަވައްސަކު ނޫނެވެ."

މި އޮޅުމުގެ ސަބަބުން ހިތްހަމަނުޖެހުނު ނުވަތަ އެއްވެސް ދައްޗަކާ ކުރިމަތިވި ފަރާތެއް ވާނަމަ، އެ ފަދަ މީހުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޞިއްޙީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި "ކޮވިޑް19 ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމްގެ އަންމަތީ ފޮތު"ގައި މި ކަމާބެހޭ ހުރިހައި މަޢުލޫމާތެއް ހުންނާނެއެވެ. މި ފޮތް www.vaksincovid.gov.my މި ގުޅުމަށް ފިއްތައިލައިގެންވެސް ލިބޭނެއެވެ.

(ޙަވާލާ: ސުއަރާސަބާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *