ކުރި ކަމެއް ނުކުރާކަމަށް ދައްކަން އުޅުންމީ ގޯސް ކަމެއް،
ކުރިކަމަށް ވުރެ ބޮޑު ކަމެއް ކޮށްދިނުމަކީ އޮތް މޮޅު ކަމެއް
ގަސްތުގައި އޮޅުވާ ލެވޭނީ އަސްލު ފެންނަން ނެތްކަމެއް
އަސްލު ފޮރުވަން ފަސް އަޅައިގެން ނުފޮރުވޭނެ ޙަގީގަތެއް
ފަސް އަޅާނީ ކިހިނަކުން އޮއްސޭ މުރިނގުގައި "އުސްތަނެއް"
ފަސްބެލީމާ އަދި، އަރާ މުރިނގުން "އެއަށްވުރެ ދިގުތަނެއް"
އުތުރު ކާލުން، ދެކުނު ކާލަށް، ދޫވެފައި ނެތް އެއްތަނެއް،
ޢުމުރު ގައިވެސް ވާނެ ކަމުގައި ހީނުވާ އެތަކެއް ކަމެއް
"ކޭވަރާ ކާނޭ ވަރާ، ބިތުފަން ނެގީމާ އެނގުނަކަސް"
"މޭމަތީ ހުރި ޖީބަކަށް އެނގުމެއް ނުވޭ ކެޔޮ ކޭ ކަމެއް"
އެންމެ ދުވަހެއް ލިބުނުނަމަ އިތުރަށް، ދެކޭނެ ތަޞައްވަރެއް،
އެންމެ މިޒަމާނުގެ ތަރައްގީ ގައި "ފުދުންތެރި" ސިންގަޕޫރެއް
ކީއް ކުރަންތޯ ފޮރުވަނީ ފެންނަން އެހުންނަ ޙަޤީގަތެއް،
ވީ އެއަށް ވުރެ ހޯދަދޭން ނޫންތޯ؟ ރަނގަޅު މުސްތަޤުބަލެއް
