Support Us

ތިމާގެ ތަސްވީރު

ތަނެއްދޮރެއް ނުބަލައި ބަަސް ބުނުން އެއީ ގޯހެއް
ތަނެއް ފަސާދަވެ ނިމިދާން އެއީ ޖެހޭ ވޭނެއް

ތިމާގެ ގޮތް ކަމުގައި އެންމެ މޮޅީ ބުނެ އަންގައި
އިމާމުނަށް ހެދިގެން ބަސް ބުނުމީ ބޮޑު ނުބައެއް

ހެވާ ނުބައި އެވަނީ މާތްކަލާމުގައި ހެޔޮކޮށް
އެވާ މަގާ ދެކޮޅަށް "ހައްދު” ދެއްކުމީ ދެރައެއް

ތުރާތަކާ ތަކުލީފަށް ބަލައި ނުލައި އަމުދުން
މުރާދު އޮތް ގޮތަކަށް ކަންކުރުމީ ބޮޑު ގޯހެއް

މުށުން ތިމާގެ އެ ހުރި ބާރު ނަފުރަތާ ދައްކަން
ދުށުން އެއީ ނިކަމެތިވީ ތިމާގެ ހުރި އުންޏެއް

އަގަލު ކެނޑޭނެ ގޮތަށް ހުރުމަތާ ކަމެއް ކުރުމުން
އަޖަލު ޖެހޭ ހިނދު އެކަމަށް ޓަކައި ލެވޭނެ ގިހެއް

ނަމަށް ތިމާގެ ތިމާ ހައިބަތަށް ޓަކައި އަމުދުން
ކަމެއް ނަހަމަ ގޮތުގައި ބަލަ ކުރުން އެއީ ނުބައެއް

އެނގެން ނުވޭހެ ބޮޑާ އިންސާނާ ވިސްނަ ބަލާ
ވެގެން ބޮޑާ އުޅުމީ ދެދުނިޔޭން ޖެހޭ ގިލަނެއް

ދެކެން ޖެހޭނެ ވަށައިގެން ތިމާގެ ވީ ހަފަރާތް
ރެކެން ކަމުން ނޫޅޭށޭ ފަހުން ވެދާނެ މޮޅެއް

ތިމާއަކީ މީ ފަހެ ކާކުކަން ތިމާގެ ލޮލާ
ތިމާހިތުން ވިސްނާ! ސާފުވާނެ ތަސްވީރެއް!

ޅެމެއް ކަމަށް ނުތްވަސް ދެމުނު މިހާސަރުގެ ތެރޭ
ކަމެއް ރަނގަޅު އޮތް ނަމަ ވިސްނަވާ އެއީ ދަރުސެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *