Support Us

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން ތައާރަފުކުރި "އީކުއަލް ޕޭމަންޓް ޕްލޭނާ" ގުޅޭ ސުވާލާއި ޖަވާބު

ކޮންމެ މަހަކުވެސް އެއް ޢަދަދަކުން ކަރަންޓް ބިލް ދެއްކޭނެ "ލުއިފަސޭހަ ޕްލޭނެއް" ސްޓެލްކޯ އިން މިއަދު ވަނީ ތައާރަފުކޮށްފައެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ "އީކުއަލް ޕޭމަންޓް ޕްލޭން" އަކީ ފާއިތުވީ ދެ އަހަރުގެ ކަސްޓަމަރުންގެ ވާހަކަތަކަށް ބަލައި، ކަރަންޓު ބިލަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތެއް ހަދައިދިނުމުގެ ބޭނުމުގައި ތައާރަފުކުރި ޕްލޭނެއް ކަމަށެވެ. މިގޮތުން ގޭބިސީތަކުން ކަރަންޓު ބޭނުން ކުރެވޭ ނިސްބަތުގެ އެވްރެޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް ޢަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް މި ޕްލޭނުގައި ބައިވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ އެވެ.

ތިރީގައި މިވަނީ "އީކުއަލް ޕޭމަންޓް ޕްލޭން" އާ ބެހޭ ގޮތުން ކުރެވޭ އާންމު ސުވާލުތަކަށް ސްޓެލްކޯ އިން ދީފައިވާ ޖަވާބެވެ.

ސ. އީކުއަލް ޕޭމަންޓް ޕްލޭންގައި ވިޔަފާރި އުސޫލުން ކަރަންޓް ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެތަ؟

ޖ. ނުވެވޭނެ. އީކުއަލް ޕޭމަންޓް ޕްލޭނަކީ ޚާއްސަކޮށް ޑޮމެސްޓިކް ކަސްޓަމަރުންނަށް ތައްޔާރު ކޮށްފައިވާ ޕްލޭނެއް.

ސ. އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވާއިރު ޑިޕޮސިޓް ޕޭމަންޓްއެއް ދައްކަންޖެހޭތަ؟

ޖ. މި ޕްލޭންގައި ބައިވެރިވާކަށް ޑިޕޮސިޓް ޕޭމަންޓްއެއް ދައްކާކަށް ނުޖެހޭނެ.

ސ. އީކުއަލް ޕޭމަންޓް ޕްލޭނަށް ވަދެވޭނީ ހުރިހާ ބިލްތަކެއް ދައްކައިފަތަ؟

ޖ. މި ޕްލޭންގައި ބައިވެރިވެވޭނީ ކުންފުންޏަށް ދައްކަންޖެހޭ ބިލްތަކާއި އެހެނިހެން ފައިސާ ދައްކައިފައި.

ސ. އީކުއަލް ޕޭމަންޓްގައި އެއްބަސްވެފައިވާ ޢަދަދަށްވުރެ އިތުރަށް ބިލަށް އަރާ މަސްމަހުގައި ދައްކަންޖެހޭނީ ކިހާވަރެއް؟

ޖ. އީކުއަލް ޕޭމަންޓްގައި ދައްކަން އެއްބަސްވެފައިވާ ޢަދަދަށްވުރެ އިތުރަށް ބިލަށް އެރި ނަމަވެސް އެ މަހެއްގައި ދައްކަން ޖެހޭނީ އީކުއަލް ޕޭމަންޓްގައި އެއްބަސްވެފައިވާ ޢަދަދު. ނަމަވެސް 6 މަސް ފަހުން މިޕްލޭން ރިވިއުކުރާއިރު ފާއިތުވި މަސްތަކުގައި އީކުއަލް ޕޭމަންޓްގެ އިތުރުން ބިލަށް އަރާފައިވާ ޢަދަދު ދައްކަންޖެހޭނެ. މިއަދަދު ކުރިއަށް އޮތް 6 މަހަށް ބަހާލައިގެން ނުވަތަ އެއްފަހަރާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރަށް ލިބިގެންވޭ.

ސ. އީކުއަލް ޕޭމަންޓްގައި ބައިވެރިވާ ކަސްޓަމަރަކު ބިލުގައި ހިމެނޭ އެހެނިހެން ޗާޖަސް ދައްކަންޖެހޭނެތަ؟

ޖ. ބިލުގައި ހިމަނާފައިވާ އެހެނިހެން ޗާޖަސްތައް އީކުއަލް ޕޭމަންޓް ޢަދަދުގެ އިތުރުން ދައްކަންޖެހޭނެ.

ސ. 6 މަސްފަހުން އީކުއަލް ޕޭމަންޓް އެއްބަސްވުން ރިވިއުކުރެވޭއިރު ކަސްޓަމަރ އަލުން ސޮއިކުރަން ސްޓެލްކޯއަށް ދާންޖެހޭނެތަ؟

ޖ. ކަސްޓަމަރަށް ރިވިއު ކުރެވޭނެކަން އަންގައި، އެ ޢަދަދު ކަސްޓަމަރަށް ހިއްސާ ކުރެވޭނެ. އަދި މިކަމަށް ޚާއްޞަ ފޯމް ފުރިހަމަކުރަން އީ.މެއިލްގެ ޒަރިއްޔާއިން އެ ފަރާތަށް ފޮނުވޭނެ.

ސ. 6 މަސް ފަހުން މިޕްލޭން ރިވިއުކުރާއިރު އީކުއަލް ޕޭމަންޓްގެ ޢަދަދު ތަފާތު ވެދާނެތަ؟

ޖ. މިޕްލޭން ރިވިއުކުރުމަށްފަހު އީކުއަލް ޕޭމަންޓް ޢަދަދު ތަފާތުވުން އެކަށީގެންވޭ. އެ ޢަދަދު ކުޑަވުން އަދި ބޮޑުވުން ވަނީ ކަސްޓަމަރު އީކުއަލް ޕޭމަންޓްގެ މުއްދަތުގައި ކަރަންޓް ބޭނުންކޮށްފައިވާ ގޮތަށް ބަލާފައި.

ސ. އީކުއަލް ޕޭމަންޓް ޕްލޭންގައި ކަސްޓަމަރ ބައިވެރިވުމަށްފަހު 6 މަސް ދުވަހަށް ނުވަތަ އީ.ޕ.ީޕީ އެގްރީމަންޓްގެ މުއްދަތަށް އެއްފަހަރާ ފައިސާ ދައްކަން ބޭނުންވެއްޖެނަމަ އެ ފައިސާ ދެއްކޭނެތަ؟

ޖ. އީކުއަލް ޕޭމަންޓަށް ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އެއްފަހަރާ ފައިސާ ދެއްކޭނެ.

ސ. އޮންލައިންކޮށް އީކުއަލް ޕޭމަންޓް ޕްލޭނަށް ހުށަހެޅިދާނެތަ؟

ޖ. އީކުއަލް ޕޭމަންޓަށް އޮންލައިންކޮށް ވެސް ހުށަހެޅިދާނެ.

ސ. އީކުއަލް ޕޭމަންޓްގެ ޢަދަދު ބިލުގައި ވަކިން ފެންނަން އޮންނާނެތަ؟

ޖ. އީކުއަލް ޕޭމަންޓް ޕްލޭނަށް ކަނޑައެޅިފައިވާ އަދަދު ބިލުގައި ވަކިން ފެންނަން އޮންނާނެ.

ސ. އީކުއަލް ޕޭމަންޓް އެއްބަސްވުން ހަމަވާއިރު ކަސްޓަމަރ އިތުރަށް ދައްކާފައިވާ ފައިސާއެއް ވާނަމަ އެފައިސާއަށް ވާނީ ކިހިނެއް؟

ޖ. އީކުއަލް ޕޭމަންޓް ޕްލޭނަށް 6 މަސް ދުވަސް ވާއިރު އިތުރަށް ދައްކާފައިވާ ފައިސާގެ ޢަދަދު ދެވަނަ ފަހަރު ރިވިއުކުރާއިރު އެޖަސްޓް ކޮށްދޭނެ. އަދި އެ ފައިސާ އެއްފަހަރާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރަށް ލިބިގެންދާނެ.

ސ. އަލަށް ކުއްޔަށް ހިފައިފައިވާ ތަނެއްގެ އީކުއަލް ޕޭމަންޓްގެ ޢަދަދު ކަނޑައަޅާއިރު ބަލާނީ ކުރިން އެތަނުގައި ދިރިއުޅުނު ކަސްޓަމަރުގެ ކޮންސިއުމަރ ޕެޓާންގެ އެވްރެޖް ނަގައިގެންތަ؟

ޖ. އެއީ 6 މަސް ދުވަހު ބޭނުންކޮށްފައިވާ ކަރަންޓެއް ނަމަ އެ ތަނެއްގެ ޕެޓާނަށް ބަލާނެ. އަދި ހަމަ އީކުއަލް ޕޭމަންޓަށް ވަންނަ ކަސްޓަމަރަށް މި މަޢުލޫމާތު އެރުވޭނެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކޮބަޔޯ މިކަމުން އަޅުގަނޑުމެންނަށް ލިބޭ ފައިދާއަކީ. ހަމަސްފަހުން ބަލާއިރު، އިތުރުވި ބައި ތައްކާންޖެހޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *