Support Us

ވެރިވީހެ ގަދަ ނިންޖެއް؟

ނިދައިފައިތޯ ތިބީ އެވެރީން، އެހާ މިނިވަން ވިދާރާއެއް
ފިނދައި ވީދައި ހަދާއިރު ވެސް ނުވޭ ހަމަގައިމު ވެސް ހިލަމެއް

އެހެން ދައުރެއް މިތާ އޮތް ނަމަ، ބަޔާންތައް ނުކުމެދޭ އެކިއެކި
އެހެން ހީވާ ވަރަށް ކަމެކޭ، މިހާރު މިއީ އެހެން ދައުރެއް

ނުވާ ބައްދަލު އެ ހާލަތަކާ ކުރާ ކަމަށޭ ބުނީ އެ ފަހަރު
އުވައިލީބާ އެ ހަމަތައް ވެސް މިހާރު އޮތީ އެހެން ހަމައެއް

ކުރަތްޕާ އެފަދަ ފަނިފަކުސާ މަރާން ސުޕުރޭ ޖަހާ ލެކަކުން
ދުރަށް ދުއްވާން އި އިންސާނުން، ޖަހާއިރު ވެސް ނުވޭ ޚަބަރެއް

ކުރީން އިންޒާރު ދީދީފާ، ކުރީން ގިނަ ގުނަ ނަސޭހަތް ދީ
ކުރީން އެ ގޮތަށް އެކަން ހިނގިޔަސް މިހާރު މިއީ އެހެންދުވަހެއް

ފަށައިގެން އެންމެ ތިން ލަފުޒެއް ތެދޭ އިއްވާ އިރަށް އެވެރީން
ވަށައިގެން ކޮށްޓަކަށް ލައިގެން ރަހީނުކުރާ މިއީ ދައުރެއް

މި އަދު ކަންކަން ބަލާން އެކި ވަރުވަރުން ތިބިހާ ވިދާރާތައް
މިއަދު މި އޮތީ ރިސެސްގައިބާ، ނުވަތަ ވެރިވީހެ ގަދަ ނިންޖެއް

އަދުލު އިންސާފު ހަމަހަމަކަން އޮތީ ޖާރީ ވެފައި ލިޔުމުން
މަ ދުލުގައި ހުރި ވަރެއް ލައިފައި ބުނާން ޖެހެނީ އެއީ އަވައެއް

ނަމުން އަދިވެސް ދިމުޤްރާތީ، ކިޔައިގެން ތިބެ މުލައްމާކޮށް
ކަމުން އަނިޔާ އިހަށް ނެރެގެން، މިއީ ކަންކަން ކުރާ ދުވަހެއް

މި ކަންކަން ހަމަ މަގަށް އަޅުވައި ހަދާން ތިބިހާ ވިދާރާތައް،
ނިކަން  އަޑުގަދަ ޖަމާއަތްތައް މިއަދު ކަންނެތް އެއީ ފަކުރެއް

ނިދާން އެނދުގައި ޢަޒީ އޮތް އިރު މިއީ އުފެދުނު ޝުޢޫރުތަކެއް
ވިދާން ފެށިއޭ އެހެންނަމަވެސް ހިތުން އުފެދުނު އެހެން އައްޔެއް

އެއީތޯއޭ އެ އުންމީދީ، އެއީ "ލާ ތަޤްނަޠޫ" ބަސްފުޅު
މި އީމާނާއެކީ މި ހިތަށް އަލުން ވެރިވެއްޖެ އާ އަމަލެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *