ވަދާޢުގެ ވަގުތުގައި ލޯތައް ކުރޭ އެތަކެއް އަޙުދު ވަޢުދާ
ތަދާ ވޭނާ މޮޅީގެ ތެރޭ ވެދާތީ ލޯބި ގޮސް ފަރުދާ
ޅަ ދޫނިތަކެއް ރޮމުން ބަނޑުހައިވެ ހާލީން ބޯދެމުން ދާހެން
މަދެއްނޫން ކަރުނަތައް ވެސް ލޮލުގެ ބޭރަށް ނިކުމެ އުތުރިހަދާ
ގަހާގެއްސާ މަލާމެއްޔާ ހިރޭ ފަކްސާތަކަށް ދަންދެން
ފަހާ ވެލި ހައި މަށާ ގާތޭ ނަޒަރު ވެސް ބުނެލައޭ ދެވިދާ
މިއީ ޖަންނަތު، މިއީ މަލަކުން، މިއީ ހޫރުން ކުރިން ނުދެކޭ
މިއީ ޢީދޭ ފުރާނަ އެދޭ ބުނޭ އެސްފިޔަތަކުން ޖެހިދާ
ނުދާނޭ ރޫޙަކުން ހިތަކުން މި އިޙްސާސެއް މި ޖަޒުބާތެއް
ފިދާ ނުވެވޭނެތޯ ފަހު ނޭވަޔާ ހަމަޔަށް ދެ ލޯ މެރިދާ
މިނެއް ނެތް އާހުގައި އެ ފަހުން ދަތުރު ފެށުމާ އެ ގޮސް ލެފުމާ
ދެނެއް ނުހުރޭ ކަރުނަތިއްކެއް އުފަލުގާ އެ ދެ ލޮލުން ނުވިދާ