Support Us

ލޯތްބަކީތޯ!

ލޯތްބަކީ އަގުހުރި މުޤައްދަސް މާނަފުން ވީ އެއްޗެކޭ

ލޯތްބަކީ ލިބެވޭ ނަސީބެއް، މާއުފާވެރި އެއްޗެކޭ

ލޯތްބަކީ ދެހިތެއްގެ ގުޅުމުގެ އެންމެ އައުލާ ސިއްރަކީ

ލޯތްބަކީ ހިނިތުންވުމާ އުންމީދު ދިރުވާ އެއްޗެކޭ

ލޯތްބަކީ ފިނިފެންމަލުގެ ދަސްތާތަކުގެ ތުހުފާއެކޭ

ލޯތްބަކީ ހިތްތަކުގެ ގުލްޝަން ފަރިކުރާ ފަރި އެއްޗެކޭ

ލޯތްބަކީ ކުލުނާއި ރަހުމަށް ފަހިވި ހެޔޮ ފަރުވާއެކޭ

ލޯތްބަކީ މިތުރުންގެ ވެދުމުގެ ރަމްޒު ދިއްލާ އެއްޗެކޭ

ލޯތްބަކީ ހިތްދަތިކަމާ މާޔޫސްކަމަށް ހައްލެއް މެޔޭ

ލޯތްބަކީ ދެހިތެއްގެ އުފަލަށް މަގުކޮށައިދޭ އެއްޗެކޭ

ލޯތްބަކީ ކުރިޔަށް އަރަން ހިތްވަރުމެ ދިރުވާ ބާރެކޭ

ލޯތްބަކީ އުންމީދު ދިރުވާ ހިތުގެ ލޮބުވެތި އެއްޗެކޭ

ލޯތްބަކީ އިޝްޤީ އުފާާވެރި ލައްޒަތަށް ހުރި ދިރުމެކޭ

ލޯތްބަކީ އުލްފަތުގެ ގުލްޝަން ފަރިކުރާ ނަލަ އެއްޗެކޭ

ލޯތްބަކީ މޫސުން ބަހާރޭ އޭގެ އުފަލުން ހިތްފޮޅޭ

ލޯތްބަކީ މޫސުން ޚަރީފުންވެސް އުފާދޭ އެއްޗެކޭ

ލޯތްބަކީ އަލިފާނެކޭ އަދި ލޯތްބަކީ ފެނެކޭ ވިސާފު

ލޯތްބަކީ ތާހިރު، ނުތާހިރު މެސެޖުދޭ މޮޅު އެއްޗެކޭ

ލޯތްބަކީ އޭގައި ދެ މިޔަލީ ތޫނު ވީ ހަތިޔާރެޔޭ

ލޯތްބަކީ އުފަލާ ހިތާމަ އެއިން ލިބޭ ވެސް އެއްޗެކޭ

ލޯތްބަކީ ބަލަ ލޯތްބަކީ ބާރާ ނުފޫޒުވި އެއްޗެކޭ

ލޯތްބަކީތޯ ލޯތްބަކީ ޚާލިޞް ވަފާތެރި އެއްޗެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *