Support Us

އީރާނުގެ ކުރިއެރުން ހުއްޓުވޭނެ ބާރެއް މިއަދަކު ނެތް: ޖެނެރަލް ރިޒާއީ

ދުނިޔޭގެ 25 ޤައުމެއްގެ 500 މިލިއަން މީހުން ތިބީ އީރާނުގެ ވިޔަފާރީގެ ކޮންޓްރޯލުގެ ދަށުގައި ކަމަށް އީރާނުގެ "ޤައުމީ މަޞްލަޙަތު ވަޒަންކުރާ މަޖިލިސް" ގެ ޕްރައިވެޓް ސެކްރަޓަރީ ޖެނެރަލް މުޙްސިން ރިޒާއީ ވިދާޅުވެއްޖެއެވެ.

އޭނާ ބަޔާން ކުރެއްވި ގޮތުގައި މި ޤައުމުތަކާއެކު އީރާނުން އަހަރަކު 800 ބިލިއަން ޑޮލަރުގެ ވިޔަފާރި ބަދަލު ކުރެއެވެ. ޖެނެރަލް ރިޒާއީގެ ބަޔާނުގައި މި ޤައުމުތަކަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. އަދި ބަދަލު ކުރެވޭ ވިޔަފާރީގެ ބާވަތްތަކެއް ވެސް ވިދާޅެއް ނުވެއެވެ.

ޖެނެރަލް ރިޒާއީ އަކީ އީރާނުގެ ދީނީ މުރްޝިދު ޢަލީ ޚާމަނައީގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ އީރާނުގެ ((އިޤްތިޞާދު ނިވްޒް)) އަށް ދެއްވި މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ((މިއަދު އަހުރެމެން މި ވަނީ ދުނިޔޭގެ ބޮޑު ބާރަކަށް ވެފައެވެ. އަހުރެމެން ވެސް ފަޒާއަށް ހެދި ހަނދުތައް ފޮނުވަމެވެ. އަހުރެމެން ވެސް ޔޫރޭނިއަމް މުއްސަނދި ކުރަމެވެ. އަހުރެމެން މި ވަނީ ނިޔުކްލިއަރ ކްލަބުގެ މެންބަރަކަށް ވެފައެވެ.))

އީރާނުގެ އިންޤިލާބީ ކާމިޔާބު ފާހަގަ ކުރުމުގެ މުނާސަބަތުގައި ޒިންޖާން ސަހަރުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ((ތަފާތު މައިދާންތަކުގައި އީރާން ކުރިއަރަމުން އަންނަ އައުން ހުއްޓުވުމަށް ދުނިޔެ ވަނީ ނުކުޅެދުންތެރިވެފައެވެ. އެމީހުން އަހުރެމެންގެ ޤައުމާ ދެކޮޅަށް އިޤްތިޞާދީ ހަނގުރާމައިގެ ދޮރުން ވަދެފައިވަނީ މިހެންވެގެންނެވެ.))

((އައު އީރާނެއް ބިނާކުރުމުގެ މަޝްރޫޢު))ގެ ބާނީ ކަމުގައި ބެލެވޭ ޖެނެރަލް މުޙްސިން ރިޒާއީ ސިފަކުރެއްވިގޮތުގައި ((މެދުއިރުމަތީގެ ހުރިހާ ކަންކޮޅުތަކަކަށް ބާރު ފޯރުވުމަށާއި ދުނިޔޭގެ ބާރުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ޓަކައި އީރާނުން ވަނީ ((އީރާނުގެ ރަން ކަމަރު)) ތައްޔާރުކޮށްފައެވެ. މި ކަމަރު އަފްޣާނިސްތާނުން ފެށިގެން  ޢިރާޤުތެރެއިން ލައިފާ ވަނީ މެޑިޓެރޭނިއަން ކަނޑާ ހަމައަށް ބަނދެލެވިފައެވެ.  އޭނާ ވިދާޅުވިއެވެ. ((މި ކަމަރުގެ މައްޗަށް ވެރިވެފައިވާ ސަރަޙައްދީ ކޮންމެ ބާރަކަށް މި ސަރަޙައްދުގެ ހުރިހާ ކަމެއް ހިންގުމުގެ ބާރު ލިބޭނެއެވެ.))

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *