Support Us

ޢުމަރު ބިން ޢަބުދުލްޢަޒީޒުގެ މަގުބަރާ

ޢުމަރު ބިން ޢަބުދުލްޢަޒީޒު އަވަހާރަވުން

ޢުމަރު ބިން ޢަބުދުލްޢަޒީޒު رحمه الله ގެ އަނބިކަނބަލުން ފާޠިމާ، އެކަލޭގެފާނުގެ އާލާސްކަންފުޅާ ބެހޭގޮތުން ވިދާޅުވިއެވެ. "އެރޭ އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވެގެން ކޮންޓްރޯލް ނުކުރެވޭ ވަރަށް ތުރުތުރު އެޅުއްވިއެވެ. އަދި އެކަލޭގެފާނަށް އަވަހާރަފުޅެއްވެސް ނުލެއްޕެވުނެވެ. އެހެންކަމުން އަހުރެމެންނަށް ޖެހުނީ އެރޭ ނުނިދައި އެކަލޭގެފާނުގެ ޙާލުކޮޅު ބެލުމުގައި ފާރަވެރިވެ ތިބުމަށެވެ."

ފަތިސްވުމުން މަރުސާދުއޭ ކިއުނު ޚާދިމަކަށް ބުނީމެވެ. "މުއުމިނުންގެ އަމީރު, އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވަޑައިގެންފިނަމަ އެކަމެއް ކޮށްދެވޭ ހިސާބުގައި އެކަލޭގެފާނު އަރިހުގައި ކަލޭ ހުންނާށެވެ."

އަދި އެރޭ ނުނިދާ ހުރުމުގެ ސަބަބުން އެތަނުން ދިޔަތަނާ އަހުރެމެންނަށް ވަރަށް ގަދަ ނިންޖަކުން ނިދިއްޖެއެވެ. އަހުރެމެންނަށް ހޭލެވުނުއިރު އޮތީ ރަނގަޅަށް ދުވާލުވެފައެވެ. އަދި ޢުމަރު ބިން ޢަބުދުލްޢަޒީޒު رحمه الله ގެ ޙާލުކޮޅު ބެއްލެވުމަށް ދިޔައިރު މަރުސާދު އޮތީ ބޭރުގައި ނިދައިފައެވެ. އޭނާ ހޭލެއްވުމަށްފަހު ބުނީމެވެ. "ބޭރުގައި ކަލޭ ތިޔަ ކުރަނީ ކީއްހެއްޔެވެ؟"

މަރުސާދު ޖަވާބުދެއްވިއެވެ. "އެތަނުން ބޭރަށް ދިއުމަށް އެކަލޭގެފާނު އަޅުގަނޑަށް ވިދާޅުވިއެވެ." އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ މަރުސާދެވެ! އަހުރެން ދޫކޮށް މިތަނުން ދާށެވެ. ﷲ ގަންދީ ބުނަމެވެ. އިންސާނުންނާއި ޖިންނީންގެ ތެރެއިން ނުވާ ބަޔަކު އަހުރެންނަށް އެބަ ފެނެއެވެ."

އަހުރެން އެ ކޮޓަރިކޮޅުން ބޭރަށް ނިކުތްއިރު އެކަލޭގެފާނު ކިޔަވާ ވިދާޅުވާ އަޑު އެހީމެވެ. "އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެ ގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުންވަނީ ތަޤްވާ ވެރިންނަށެވެ." (ސޫރަތުލް ޤަޞަޞުގެ 83 ވަނަ އާޔަތް)

މަރުސާދު ބުންޏެވެ. "އެހެންކަމުން އަހުރެން އެ ކޮޓަރިކޮޅަށް އަލުން ވަނީމެވެ. އަދި އަހުރެންނަށް ފެނުނީ އެކަލޭގެފާނުގެ ލޯފުޅު މެރުއްވި އަދި މޫނުފުޅު އެއްފަރާތަކަށް ޖެހިވަޑައިގެންފައިވާ ތަނެވެ. އޭރު އެކަލޭގެފާނު އޮންނެވީ އަވަހާރަ ވެފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
34
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *