ސިއްރު ދިޔައޭ އެއްދުވަހު ދަތުރަކު ފުރައިގެން މާކަނޑަކު
ސިއްރުފުށްޓަށް އެރިތަނާ ސިއްރަށް ނިދިއްޖޭ ވެލިގަނޑަކު
ވެލިގަނޑަށް ދޮންކޮށްލި އިރުގެ ކިރަންވެލައި ވީހޫނުގައި
ހެލިގަތޭ ސިއްރުގެ އަތާފައި ފަސްގަނޑާ އެކު ވަޅުގަނޑަކު
ބަގުޑިބައްދައިގެން ވިލާތައް އުދަރެހުގެ އެކި އަރިއަރީ
ފަގުޑި އެޅި ސިއްރަށް ދެކެން ތިއްބޭ ހިނގާމަގު ތަންގަނޑަކު
ތަންގަނޑަށް މީހުން ވަށައިލިޔެ އިރުކޮޅެއް ވެސް ހަމަ ނުވޭ
ތަންވަޅެއް ނުލިބުނު ފިލާކަށް ސިއްރަކަށް އޮތް މަޅުގަނޑަކު
މަޅުގަނޑެއް އަތުގައި ޖެހުނު ނަމަ ޖެހުނު މަޅުގަނޑު ހޫރަމުން
ވަޅުލިޔޭ ސިއްރުގެ އުދާސްވަރު ބޮނޑިޔަކަށް ލައި ފޮތިގަނޑަކު
ސިއްރަކަށް ނޭވާ ނުލެވުނޭ ހާސްވެ ނޭވާ ހުއްޓުނޭ
ސިއްރުފުށްޓަށް ވެހިގަތީ ވާރޭގެ ސިއްރޭ ފެންގަނޑަކު