ހިތްވަރެއް ކޮށްލަން ޖެހޭ އެބަ! އަދި ކޮރޯނާޔާ ޖިހާދަށް،
މިންޖުވާކަށް އަދި ނެތޭ ފަރުވާ އެހެން ކުޑަ ކޮށް ލުމަށް
ކޮންމެ ބިރުވެރި ޙާލަތެއްގައި ރައްޔިތުންގެ ސަލާމަތަށް
ކޮންމެ ސަރުކާރެއް ނެރޭ އަމުރަށް ޖެހޭނެ ތަބާ ވުމަށް
މާސްކު އެޅުމަށް އަންގަނީ މީހައިގެ ނަފުސުގެ ރައްކަލަށް
ޚާއްޞަކޮށް މުޖްތަމަޢުގައި އެތަކެއް ބައެއްގެ ސަލާމަތަށް
އަމުރުތައް ނެރެނީ އެއީވެސް ރައްޔިތުންގެ ސަލާމަތަށް
އަމުރުތައް ދަމަހައްޓަނީ އެންމެންގެ މޮޅަށާ ލާބަޔަށް
ޙާލަތާ ވަގުތާއި ބައްޔާ ހުރި ނުރައްކަލަކަށް ޓަކާ
ތާއަބަދު އިރްޝާދުތައް އެދެނީ ބަލިން ރައްކައު ވުމަށް
މިވަގުތަށް ޕާޓީތަކާ އެއްވުން ތަކާއި ނުބޭއްވުމަށް،
މިއަދު އެކުރާ އަމުރު ކުރަނީ ރައްޔިތުންގެ އަމާން ކަމަށް
އަހުރެމެން އުޅުމާ ގުޅުން ހުންނަންޖެހޭނީ ހެޔޮމަގުން
ޑަކުޓަރުންނާ އަދި ސައިންސުވެރިންގެ ލަފަޔާ އެއްގޮތަށް
ދީނުގައިވެސް އޮންނަ ގޮތަކީ ހެޔޮ ނަސޭޙަތް އަޑުއަހައި،
"ދީނުގައި އެންގެވި މަގުން އެދި" ދަންނަވަން ﷲ އަށް
