ރޭގަނޑުގެ ތިޔަ ދަތުރުވެރި ޖާދޫގެ ރިހި ހަނދާއޭ
މޭގާ ވަނީ އުފަންކުރި ވޭނާއި ފުން ތަދާއޭ
ހޮވުމުން އެ ސޫރަ ދުނިޔޭން ކުށަކީ ލޮލުގެ ކޮބައިހޭ
އޮހެމުން ލޮލުން އެދާ ފުން ވިދަނީ ހިތުގެ ނިދާއޭ
ތޯހިރު ލެއެއްގެ ހޫނުން އުފެދޭ މި ފުން ޝުޢޫރުން
ލޯބީގެ ރާގު ގުޅެނީ ނުދެކޭ ހިތުގެ މަދާއޭ
ކުރަފަތުގެ ތޫނު މިޔަހެން ދަންމާލި ލޮލުގެ ޚަންޖަރު
ހުރަހާ ދިގަށް ޒަޚަމްކުރި ހިތުގާ ވަނީ ފިދާއޭ
އޭނާގެ ހިތުގެ މައްޗަށް ގުރުބާނަކުން އުފަންވާ
ވޭނާއި ދަރުދު މޭގައި ފަތުރާ މިއީ ރިދާއޭ
ރުހުމެއް ތިބާގެ ނުދިނަސް އަހަރެންގެ ލޯބި ގަންދީ
ފުހިގެން ދަމުން މިދުނިޔޭން ދޭނީ ފަހުގެ އަދާއޭ
ކުޅިވަރުގެ އިޝްގު މިކުޅޭ ކުޅިފަސް ނުވާނެ ދުނިޔޭން
މުޅި ބިން މޮޅިން އަހާނީ އަހަރެންގެ ހިތި ވަދާއޭ
