Support Us

ރާޅު

ރާޅުތައް ބޮސްދީ ދިން މެސެޖުތަކެއް ހިތަކު ނެތެވެ.

ދެ މީހުން ރާޅުފަށުގައި ހިނގައިފައި ދިޔައިމެވެ.

އަހަރެމެންގެ ފިޔަވަޅުތައް އަހަރެމެން ބެލީމުއެވެ.

ބީހެމުން ދިޔަ ރާޅުތައް އެ ފިޔަވަޅުތައް ފުހެމުން ދިޔަ މަންޒަރު އަހަރެމެން ދުށީ އެއް ލޮލުންނެވެ.

 

ވައުދުތަކެއް ވީމުއެވެ.

އަހުދުތަކެއް ވީމުއެވެ.

އަހަރެމެންގެ ފިޔަވަޅުތައް ފުހެވިގެން ދިޔަޔަސް އަހަރެމެންގެ ލޯބި ދާއިމަށް ދެމެހެއްޓުމުގެ އަހުދާއި ވައުދެވެ.

 

ސާފު މޫދެއްގެ އައްސޭރިފަށެވެ.

ރާޅުތަކުގެ ބަނޑުދަށުން ފުރެޅެމުން ދިޔަ ގައުކޮޅުކޮޅު އަހަރެމެންގެ ފައިގައި ބީހުނެވެ.

އެތައް މެސެޖެއް ދެމުންނެވެ.

ކޮންމެ ވަގުތެއްގައި ވެސް ހަޔާތުގެ ދާސްތާނަށް ކުންނު އަންނަކަން ހަނދާން ކޮށް ދިނެވެ.

 

މިވެސް އެފަދަ ކުންނެކެވެ.

މަންޒިލް ގެއްލިއްޖެއެވެ.

ފިޔަވަޅުތައް ފޮހުނުހެން ލޯބިވެސް ފުހެވިއްޖެއެވެ.

 

ސަލާމުގެ ނާާނާއެއް އިއްވަމުން ރާޅު ބުނިހެން ހީވިއެވެ.

އެކަނިވެރިކަމުގައި ކަލޭ މަންޒަރު ބަލަން ތިޔަ އިނީ މީގެ އެތައް ދުވަހެއް ކުރިން ދުށް މަނާޒިރު ފެންނާނެ ކަމަށް ހެއްޔެވެ!

އުންމީދުތައް ގަނޑު ނުކުރާށެވެ.

ހަނދާންތަކުން އާވާރާ ނުވާށެވެ.

ވައިރޯޅިއެއް ފިނިފިނި ހަވީރަށް ބޮސްދިނެވެ.

ހަނދާންތަކެއްގެ މީރުވަސް ފަތުރަމުންނެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *