Support Us

ދިރިއުޅުން

ދިރިއުޅުމަކީ ސަބަބުތަކުން ބަރާވެފައިވާ ހާޖާންގަނޑެކެވެ.

ހަޔާތުގެ ހާޖާނުގެ މިތުރުންނަކީ ދޮގާއި ހީލަތާއި މަކަރާއި ފިތުނަޔާއި ހަސަދައެވެ.

މި ހާޖާނުގެ ހަތުރުންނަކީ އޯގާވެރިކަމާއި ރަހުމާއި ހަމްދަރުދީއާއި އަޅައިލުމާއި ލޯތްބެވެ.

 

ހަޔާތުގެ ދަރުބާރުގައި ވަކާލާތު ކުރަން ނެރޭ ހިތްވަރު ހަގީގީ ޖަޒުބާތަށް ފުރައްސާރަކުރެއެވެ.

އެއީ ހޫނު އަނގުރަށް ވުރެ ދިލަގަދަ ޖަޒުބާތަކަށް ވިޔަސްމެއެވެ.

އެ ހިތްވަރަށް ހިތްވަރު ދޭ ކާނައަކީ އަދާވާތެވެ. އަދާވާތުގެ އަސަރު ގަދައެވެ.

އޭގެ ނަޒަރު ތޫނެވެ. ޚަންޖަރެއް ފަދައެވެ.

 

ދިރިއުޅުމުގެ ދަތުރުގައި ހުއްޖަތާއި ބުރުހާނަށް ބުހުތާން ބޯލަނބާ ގޮތްވާ ފަހަރު ވެސް އައުދޭމެއެވެ.

އެއީ ދޮގުން ލިބޭ ލައްޒަތުގައި ހުންނަ ވަގުތީ އޮފުގެ ވިހަ ގަދަކަމުންނެނެވެ.

 

ތަޖުރިބާއިން ދަސްކޮށްދިން ފިލާވަޅަކީ އުންމީދެއްގައި މާޔޫސްކަންމަތީ ހުރުމަށް ވުރެ ތިމާއަށް ތިމާ މުހިންމު ކަމުގެ ހެޔޮ ފިކުރާއި ފައްސި ވިސްނުމުގައި ސާބިތުވުމަކީ ޝިކާޔަތެއް ނެތި ދިރިއުޅުމުގެ ހާޖާނާ ކުރިމަތިލާން އާރާސްތުކޮށް އާބާދު ކުރާންވީ ރާސްތާ ކަމުގައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *