Support Us

ޑަބްލިޔޫއެޗްއޯގެ ޞިއްޙީ ތަޖުރިބާކާރު ޓީމު ސީނުގައި ކަރަންޓީނުގައި؟؟!!

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިޔޫ އެޗްއޯ)ގެ ސައެންސީންގެ ޓީމެއް މިއަދު ސީނުކަރައަށް ހިނގައްޖެއެވެ.

އެއީ 2019 ވަނަ އަހަރު ފަހުކޮޅު އެ ގައުމުގެ ވޫހާން ސިޓީއިން ފާޅުވި ކޮރޯނާ ވައިރަހުގެ އަޞްލު ދެނެގަތުމަށް ޓަކައެވެ. ސީނުގެ މީޑިއާ ބުނާ ގޮތުގައި އެ ޓީމު އެ ގައުމުގެ ވޫހާނަށް ދިޔައީ ކޮވިޑް-19ގެ އަޞްލު ދެނެގަތުމުގެ މަސައްކަތެއްގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސައެންސީންގެ ޓީމުގައި ހިމެނޭ ތަޖުރިބާކާރުންގެ 10 މާހިރުންނާއެކު މި ޓީމު ސީނަށް ދިޔައީ ސިންގަޕޫރުން ފުރައިގެންނެވެ. ސީނުކަރައިގެ ނޭޝަނަލް ހެލްތު ކޮމިޝަން (NHC) އާ ޙަވާލާދީ މީޑިއާއިން ލިބޭ ޚަބަރުތަކަށް ބަލާއިރު، މި ޓީމުގެ މެންބަރުން ވެސް ކަރަންޓީނުގެ އުޞޫލުތަކާއި ކޮވިޑް19ގެ ޙާލަތުގައި ޢަމަލުކުރާން ޖެހޭ މިންގަނޑުތަކަށް ތަބާވާންޖެހޭނެއެވެ. އެ ޓީމުގެ އަޞްލު މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި މައިދާނީ މަސައްކަތް ފަށައިގަނެވޭނީ ކަރަންޓީނުވުމަށް ފަހު، އޭގެފަހުންނެވެ.

އިއްޔެ ބެއިޖިންގގައި އޮތް ނޫސްކޮށްފަރެންސެއްގައި ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުގެ އަޞްލު ދެނެގަތުމަކީ ވަރަށް ބޮޑު ސައެންސީ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި، ޑަބްލިޔުއެޗްއޯގެ މާހިރުން ސީނަށް ކުރާ ދަތުރާ އެއްފަދަ ދަތުރުތަކެއް ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ކުރުމަށް އެދި ޑަބްލިޔޫއެޗްއޯ ޓީމަށް އިލްތިމާސްކުރިއެވެ.

ޑަބްލިޔޫއެޗްއޯގެ މާހިރުން ސީނުކަރައިގައި ކަރަންޓީނުވެގެން ތިބޭ ދުވަސްވަރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސީނުގެ ޞިއްޙީ މާހީރުންނާއި އޮފިޝަލުންނާ މަޝްވަރާކުރާނެ ކަމަށް ސީނު ސަރުކާރުން ޚަބަރުދެއެވެ.

ޑަބްލިޔޫއެޗްއޯ ޓީމުގެ ސީނު ދަތުރު ވާނީ ބެއިޖިންގއަށް ކުރިމަތިވި ފަދަ ހޫނު ދެބަސްވުންތަކުގެ މައި ބަދައަށެވެ. ކޮރޯނާ ވައިރަހާ ބެހޭ ގޮތުން ވަރަށް ބޮޑެތި ދެބަސްވުންތަކެއް ހުރުމާއެކެ، މާހިރުންގެ ޓީމުން އާންމުކުރާ ނަތީޖާއަކީ އެ ޓީމަށްވެސް ހޫނު ފާޑުކިޔުންތަކެއް އަތުވެދާނެ އެއްޗެކެވެ.

ކޮރޯނާ ވައިރަހާ ބެހޭ ގޮތުން ބައެއް ގައުމުތަކުން ޚާއްޞަކޮށް އެމެރިކާގެ ޓްރަމްޕްގެ ސަރުކާރުން ތުހުމަތުކުރަމުން ގޮސްފައިވަނީ ވޫހާނުން ފެނުނު މި ވައިރަހުގެ އަޞްލު ފެނުނީ ސީނުކަރައިން ކަމަށް ވާއިރު، މި ކަން ހާމަކުރުން ސިއްރުކޮށް ކަރަންޓީނުކުރުން ލަސްކުރީ ކަމަށެވެ. އަދި މިއީ ސީނުން އުފެއްދި ވައިރަހެއް ކަމަށް އެމެރިކާއިން ތުހުމަތުކުރި އިރު، މިއީ އެމެރިކާއިން އުފައްދައިގެން ސީނުގައި އޮތް އަސްކަރީ ތަމްރީނެއްގައި ބައިވެރިވާން އައިސް ސީނުގައި އެމެރިކާއިން ފަތުރައިލި ވައިރަހެއް ކަމަށް ސީނުން ތުހުމަތުކުރެއެވެ.

ކޮރޯނާ ވައިރަސް، ވޫޙާން ސިޓީގައި ޖަނަވާރާއި ދޫންޏާއި ދިރޭތަކެތި ވިއްކާ މާރުކޭޓަކުން ފެނުނު ކަމަށް ސީނުން އިސްވެ ވަނީ ދުނިޔެއަށް ހާމަކޮށްފައެވެ. އަދި ކޮރާނާގެ ދިފާޢުގައި ގިނަ ގައުމުތަކަކަށް އެހީތެރިވެދީ، އެންމެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވަނީ ވެސް ސީނުންނެވެ. މި ދިޔަ އަހަރުއްސުރެ އަދި އަދަށް ދާންދެން ވެސް އެ މާރުކޭޓް ވަނީ ބަންދުކޮށްފައެވެ.

ސީނުކަރައިގެ ސީޑީސީގެ ޑީރެކްޓަރުގެ ނާއިބު ފެންގ ޒިޖިއާން ބުނެފައިވަނީ ކޮރޯނާގެ އަޞްލަކީ ކޮބައިކަމާއި ޖަނަވާރުންގެ ކިބައިން އިންސާނުންގެ ތެރެއަށް އެ ވައިރަސް "ފުންމައިލި" ގޮތުގެ ސުވާލަކީ އަދިވެސް ޖަވާބު ހޯދިފައި ނުވާ ސުވާލެއް ކަމަށެވެ. ނަމަވެސް މިކަން ދެނެގަތުމަށްޓަކައި ޑަބްލިޔޫއެޗްއޯ ޓީމާއެކު ސީނުކަރައިގެ ބޭސްފަރުވާގެ ތަޖުރިބާކަރުން ވަރަށް ގާތުން މަސައްކަތްކުރާނެއެވެ.

ސީނުކަރައިގެ އެންއެޗްސީއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެކަނި ވެސް (ބުރާސްފަތި ދުވަހު) މިބަލީގެ 138އާ ވޭދަނަ ވަނީ ކަށަވަރުކުރެވިފައެވެ. މީގެ ތެރެއިން 124 ވޭދަނައަކީ ގައުމުގެ ތެރެއިން ގައިންގަޔަށް އެރި ވޭދަނަތަކެކެވެ. ނަމަވެސް 12 ވޭދަނައަކީ މައި ބިމުގެ ބޭރުން އައި ވައިރަހެވެ.

ޤައުމުގެ އެތެރެއިން އަލަށް ފެނުނު ވޭދަނަތަކުގެ ތެރެއިން 81 އަކީ، ސީނުގެ އުތުރު ސިޓީއެއް ކަމަށްވާ "ހެބެއި" ޕްރޮވިންސުން ފެނި ކަށަވަރުވި ވައިރަހެވެ. 43 އެއީ ސީނުކަރައިގެ އިރުއުތުރު ޕްރޮވިންސެއްކަމަށްވާ "ހެއިލޮންގޖިއާން" ފެނުނު ވޭދަނައެވެ.

އެތައް މިލިޔަން ބަޔަކު ދިރިއުޅޭ އެތައް ސިޓީއެއް އެކުލެވޭ "ހެބެއި" ޕްރޮވިންސަކީ ސީނުކަރައިގެ ވެރިރަށް ބެއިޖިންގާ އިންވެގެން އޮންނަ ޕްރޮވިންސެކެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރުސިޓީގެ ހޯދައި ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް މުޅި ދުނިޔެއިން 92,313,000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މީގެ ތެރެއިން 1,977,000 މީހުންވަނީ މަރުވެފައެވެ. (ޙަވާލާ: ބިޒިނަސް ސްޓޭންޑަރޑްސް)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *