Support Us

ޢިބްރަތް: ޙަސަނުގެ ހުވަފެން ހަގީގަތަކަށް

މިއީ 2017 ވަނަ އަހަރު ހިނގައިދިޔަ ޙާދިޘާއެކެވެ. މީސްމީޑިއާގައި ވަރަށް ޢާއްމުވި ޚަބަރެކެވެ. އަނެއްކާވެސް ހަނދާން އާކޮށްލަމާ ހިނގާށެވެ.

އަލްޙަސަނު ބްނު ޢަބްދު ﷲ،ގެ ވާހަކައެވެ.

ތުރުކީގެ ޓީވީ ސްޓޭޝަނެއްގެ ފަރާތުން، ޣާނާގެ ފަޤީރު ސަހަރަކަށް ކުޑަ ފިލްމެއް ރިކޯޑު ކުރުމަށް ދަތުރުކުރިއެވެ. އެމީހުން ޑްރޯނެއްގެ ޒަރިއްޔާއިން މަތިން ރިކޯޑުކުރުމުގެ ތެރެއިން ޑްރޯން ވެއްޓުނެވެ.

އެމީހުން ޑްރޯން ނެގުމަށް ދިޔަ ހިނދު ފެނުނީ ޙަސަނުގެ އަތުގައި ޑްރޯން ވަނިކޮށެވެ.

ހެމުން މައުޞޫމް ހިތަކުން އެމީހުންނާ ޑްރޯން ހަވާލު ކުރަމުން ޙަސަނު ބުނެލިއެވެ.

"އަހަރެން އޭގައި ޙައްޖަށް ގެންދާނެ މިއަށްވުރެ ބޮޑު އެއްޗެއް ތިބޭފުޅުންގެ އަތުގައި ވޭތޯއެވެ؟"

މިހެން ބުނެ ހެމުން އެމީހުންނާ ޑްރޯން ހަވާލުކުރިއެވެ. ތުރުކީއަށް އެނބުރި ގޮސް ޙަސަނުގެ ފޮޓޯއާ އެކު މިވާހަކަ ހިއްސާކޮށް ހެދިއެވެ. އިސާހިތަކު އެވާހަކަ ޢާއްމުވެ، އެތައް ބައެއް ޙަސަނަށް އެހީވުމަށް ޙަސަނު ހޯދުމަށް މަސައްކަތް ކުރިއެވެ. ތުރުކީގެ ސަރުކާރާ ހަމައަށް މިވާހަކަ ގޮސް، ތުރުކީގެ ފޮރިން މިނިސްޓަރު ހުރިހާ ޚަރަދުތަކާއެކު ޙަސަނު ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެއްސިއެވެ.

ޙަސަނު ބުންޏެވެ: "އަހަރެންގެ ހުވަފެން ޙަޤީޤަތަކަށް ހެއްދެވި ރަސްކަލާނގެއަށް ޙަމްދު ހުއްޓެވެ!"

މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ޢިބްރަތަކީ:

"ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއަށް ހެވެއް އިރާދަކުރައްވައިފިނަމަ މުޅި ދުނިޔެވެސް ތިބާއަށް އެކަން ޙާޞިލްކޮށްދިނުމަށް އެ އިލާހު މެދުވެރި ކުރައްވާނެއެވެ!"

ވީމާ އުއްމީދު ކަނޑާނުލައި، މަސައްކަތްކޮށް އެ އިލާހަށް ދަންނަވާށެވެ!

އެއިލާހު ވަޙީ ކުރައްވާފައިވެއެވެ:

{وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ}

މާނައީ:

"އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

[سورة البقرة:186].

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *