ނުކުރާ ހުތުރެއް އަދި އޮވެގެންހޭ ތިޔައުޅެނީ
ކުކުރާ މުގުރާ ކޮންކަމަކަށްހޭ ތިޔަ ކެނދެނީ؟
އޭނާގެ ބަހަށް ބުއްދި ފިކުރު ނީލަމަކަށް ލައި
ދޭނޭ ކަމުގައިހޭ ގުނގުރެއް ތިޔަހުރެ ނަށަނީ؟
ގެންނާނެ ހަނދާނަށް އެދުވަސް އިއްޔެގެ މާޒީ
ދެން ވާނެގޮތެއް ފިކުރުނުކޮށްހޭ ތިޔަ ލެނބެނީ؟
ސަންފާއޮނަކަށް ވީނަމަވެސް ތެދު ނުމެވާނޭ
ނަންވާ އެ ގުދެއްހޭ ތެދުކުރުމަށް ތިޔަ ހިފަނީ؟
އެކޮޅާ މިކޮޅަށް ދަތުރުކުރާ ހިތުގެ ސަވާރީ
ދެކެފައި ނުވަނީހޭ ނެގި ގޮށްރާޅުގެ ބާނީ؟
އަރުވާ ޖަހަމުން ނެވިކަމުގައި އެފެށި ދަތުރުގައި
ގަރުނުން މިދެކޭ ޖީލުގެ ނޫންހޭ އޮޑި ބެހުނީ؟
ނުރުހުންވެ ހިތުން އެދުމުގެ ރޯކުރި އަލިފާނުން
ހުރުމަތުގެ ކޮބައިހޭ އެނދިހާ ޙައްޤު އެމަދަނީ؟
މަންފާ އެލިބޭ ޢަމަލުތަކަށް ފާރުގެ ބޭރުން
ކައްފާރަ ދެވޭހޭ މިބިމުން ލޮބުވެތި ވަޠަނީ؟
ފިކުރާއި ގުޅޭހޭ ޝަކުވާ ދުލުގެ އުފައްދާ؟
ނުކުރާށެ ތިހެން ދޮގު ދަޢުވާ ހުތުރު ޒަމާނީ
