Support Us

ކޮފީދަޅެއް ގަނެގެން އެއް ލައްކަ ރުފިޔާ ބޭނުންތަ؟ އަވަހަށް "ލެވިސްޓާ ކޮފީ" ގަނޭ!

ކޮފީދަޅެއް ގަނެގެން އެއް ލައްކަ ރުފިޔާ ބޭނުންހެއްޔެވެ؟ ނޫނީ ބޭނުމީ ޖީ.އެން-125 ސައިކަލެއް ހެއްޔެވެ؟ ނޫނީ ރަށު ޕިކަޕެއްހެއްޔެވެ؟

ބޭނުން އެއްޗެއް ލިބުނު ފުރުސަތު އެބައޮތެވެ. ލޮޓަސް ފިހާރައިން ވިއްކާ "ލެވިސްޓާ" ކޮފީ ދަޅެއް އަވަހަށް ގަންނާށެވެ. "ލެވިސްޓާ" ކޮފީގެ އެކި ސައިޒުތައް އެބަހުއްޓެވެ. އަގު އުޅެނީ 18ރ. އާއި 58ރ. އާ ދެމެދުގައެވެ. އެއީ 50 ގްރާމުގެ ޕްރީމިއަމް އަދި ސްޓްރޯންގު ދަޅެއް 18ރ. އަށް، 100 ގްރާމުގެ ޕްރީމިއަމް އަދި ސްޓްރޯންގު އަދި ކްލެސިކް ދަޅެއް 26ރ. އަށް، އަދި 200 ގްރާމުގެ ޕްރީމިއަމް އަދި ސްޓްރޯންގު ދަޅެއް 58ރ. އަށެވެ.

ހަދަންވީ ގޮތަކީ ލެވިސްޓާ ކޮފީ ދަޅުގެ މަތިތައް އެއްކުރުމަށްފަހު، ކަރުދާސްކޮޅެއްގައި ނަމާއި އައިޑީ ކާޑާއި ފޯން ނަންބަރު ލިޔުމަށްފަހު، ފަރީދީ މަގުގައި ހުންނަ "ލޮޓަސް ފިހާރަ" އަށް މަތިތަކާއި ކަރުދާސްކޮޅުތައް ފޮނުވަންވީއެވެ. ޖެނުއަރީ 1 ގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޭޕްރީލް 30ގެ ނިޔަލަށް އޮންނާނެއެވެ.

ގުރުއަތުލައިގެން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެއެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ޖީ.އެން-125 ސައިކަލެއް، އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ރަށު ޕިކަޕެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގުރުއަތުން ހޮވޭ އިތުރު 10 ފަރާތަކަށް މައުންޓަން ބްރޭންޑުގެ 10 ބައިސްކަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަޑުނުކުރާށެވެ. "ލެވިސްޓާ" ކޮފީ ދަޅެއް ގަންނަން އަވަހަށް "ލޮޓަސް ފިހާރަ"އަށް ދާށެވެ.