އަނތްބަކު އެކަނބުލޭގެ ފިރިމީހާ އަށް ކާތަކެތި ތައްޔާރުކޮށް ގެނެސްދޭ ކޮންމެ ފަހަރަކުމެ، އެ ކާތަކެއްޗާ ވަރަށް ގަޔާވެފައު ބުނެ އުޅުނެވެ.
"ވަރަށް މީރެވެ. އެކަމަކު މަންމަ ކައްކާލެއް މާމީރެވެ."
އަނބިމީހާ ފިރިމީހާއާ ހަތަރު ކަޅި ހަމަކޮށް ނާޒުކު ހިނިތުންވުމަކުން ހިނިތުންވެ އަދި އެނާޒުކު ހިނިތުންވެލުމާ އެކުގައި މަޑުމަޑުން ކަލިމަތަކެއް ބުނަމުން އައެވެ.
އަދި މީރުވަސްދުވާ ޢަޠަރެއް ލާ ކޮންމެ ފަހަރުކުވެސް އަނބިމީހާ އަށް ބުނެއެވެ.
"ވަރަށް މީރުވަސް ދުވައެވެ. ހަމަ ހީވަނީ މަންމަ ތުރުކުރާ ޢަޠަރުހެންނެވެ."
އަނބިމީހާ ކުރިއެކޭވެސް އެއްފަދައިން އަބަދުމެ ހިނިތުންވެލައިފައި މަޑުމަޑުން ކަލިމަތަކެއް ބުނެއެވެ.
މިފަދައިން އަނބިމީހާ މުޅި ޙަޔާތް ފިރިމީހާއާ އެކުގައި އުޅެމުން އައެވެ.
"މަންމަ.. މަންމަ، އަހަރެންގެ މަންމަ ބުނުއްވިއެވެ. އަހަރެންގެ މަންމަ ގެންގުޅުއްވާ ޢަޠަރެވެ. މަންމަގެ ކެއްކުމެވެ. މަންމަގެ އެވެނި ކަމެކެވެ. މަންމަގެ މިވެނި ކަމެކެވެ."
މި ކަލިމަތަށް ފިރިމީހާގެ ފަރާތުން އަބަދުމެ އަޑުއަހަމުން އަނބިމީހާ އައެވެ. ހަމަ އެފަދައިން އަނބިމީހާ ވެސް ހަމަ އެ ހިނިތުންވެލުމާއި މަޑުމަޑުން ކަލިމަތަކެއް އަނގައިން ބުނަމުން ގެންދިޔައެވެ.
ދެމަފިރިންގެ ކައިވެންޏަށް 27 އަހަރު ވުމަށްފަހުގައި މަންމަ މިފަނާވަނިވި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ޖަނާޒާއާއި ވަޅުލުމުގެ ކަންތައްތައް ނިމުމަށްފަހު ފިރިމީހާ އެކަނިމާއެކަނި ހިތާމައާ އެކު އިށީނދެލައިގެން އިނެވެ.
އަނބިމީހާ ގޮސް ހިތް ހަލާކުވެފައިވާ އެކަމަނާގެ ޙަޔާތުގެ ބައިވެރިޔާ އަދި ލޯބިވެރިޔާ އަށް ހިތްވަރުދިނެވެ.
ފިރިމީހާ ބުންޏެވެ: "މިހާރު ތިބާގެ ކެއްކުން ވަނީ ހަމަ މަންމަގެ ކެއްކުން ފަދައިންނެވެ. އަދި ތިބާގެ ބަސްތައް ވެސް ވަނީ ހަމަ މަންމަގެ ބަސްތައް ފަދައިންނެވެ. އަދި ތިބާގެ ހިނިތުންވުމާއި ހީލުމާއި ތިބާގެ ޢަޠަރުވެސްމެއެވެ.
ހިނިތުންވެ އަނބިމީހާ ބުންޏެވެ: "އެއީ ކީއްވެތޯއެވެ؟!"
ފިރިމީހާ ބުންޏެވެ: "އަހަރެން ތިބާއާ ކައިވެނިކުރީ އަހަރެންގެ ޢުމުރުން 27 އަހަރުގައެވެ. އަދި މިހާރު އަހަރެމެންގެ ކައިވެންޏަށް ވެސް 27 އަހަރު ވެއްޖެއެވެ. އެހެންވުމުން މަންމަ އާއި ތިބާއާ އެއް ހަމަ ވެއްޖެއެވެ."
އަނބިމީހާ ބުންޏެވެ: "ތިބާ ތީ ޙިސާބު ކިޔަވައިދޭ އުސްތާޛެއް ކަމުގައި ވީނަމަވެސް އަދި ތިބާއަކަށް ޙިސާބުގެ ބައެއް ނޭނގެއެވެ!އަހަރެން ޢުމުރު ދުވަހު އުޅުނު ނަމަވެސް ތިބާގެ މަންމައާއި އެއް ހަމަ ނުވާނެއެވެ!!! ފަހެ އެ 54 އަހަރުގެ އަޅާލުމާއި ލޯބި 27 އަހަރުގެ ލޯތްބާއި އަޅާލުމާ އަޅައިވެސް ނުކިޔޭނެއެވެ. އެކަމަނާގެ ފައިތިލަދަށުގައި ސުވަރުގެ ވާ ކަމަނާ އާއި ހަމައެކަނި ތިބާއާ އެކު ސުވަރުގޭގެ ބައިވެރިއަކަށް ވާނޭ ފަރާތަކާ އެއްވަރު ވާނީ ކިހިނެކުންތޯއެވެ ތާއަބަދުގެ އަބަދަށް ވެސް އެއްވަނައަކަށް ވާނެ ފަރާތަކީ އެކަމަނާއެވެ…!"
ލޮލުން ކަރުނަ އަޅާ ޙާލު އަނބިމީހާގެ ބޮލަށް ބޮސް ދެމުން ފިރިމީހާ ބުނެލިއެވެ: "އެކަމަކު އަހަރެން ތިބާއާއި މަންމައާ އަޅައި ކިޔާތީވެ އެކަމާ ތިބާ ހިތްހަމަނުޖެހި އުޅުނީމެން ނޫންތޯއެވެ؟"
އަނބިމީހާ ހިނިތުންވުމަކާ އެކު ބުންޏެވެ: "ނޫނެކެވެ! ދުވަހަކު ވެސް ހިތްހަމަނުޖެހިގެން ނޫޅެމެވެ. އެހެނެއް ކަމަކު، އެކަމާ އުފާކޮށް ހަދަމެވެ!"
ފިރިމީހާ ހައިރާންވެފައި ބުންޏެވެ: "އެހެންވެއްޖެނަމަ، ތިބާ މަޑުމަޑުން ކިޔައި އުޅުނު ކަލިމަތަކަކީ ކޮބައިހެއްޔެވެ؟ ދުވަހަކު ވެސް އެއީ ކީކޭތޯ އަހަރެން ސުއާލު ނުކުރަމެވެ!"
އަނބިމީހާ ބުންޏެވެ: "އަހަރެންނާއި ތިބާގެ މަންމައާ އަޅައި ކިޔާ ކޮންމެ ފަހަރުކުމެ އަހަރެން ބުނާ ކަލިމަތަކަކީ މިއެވެ. ޔާ ﷲ، މިއަޅާގެ ދަރިފުޅުގެ ބައްޕަގެ ހިތުގައި އެދަރިފުޅުގެ މާމައާ މެދު ލޯބި ލެއްވި ފަދައިން މިއަޅާގެ ދަރިފުޅުގެ ހިތުގައި މިއަޅާއާ މެދު ލޯބި ލައްވާފާނދޭވެ. ތިބާގެ މަންމައަށް ވާ ލޯބި ތިބާގެ ހިތުގައި ވަނީ އިންތިހާއަށެވެ. އަދި ތިބާއަށް މަންމަގެ ރުހުން ލިބި އަދި އަހަރެމެންގެ ދަރިފުޅަށް އަހަރެންގެ ރުހުން ހޯދުމަށް ތިބާ އުނގަންނައިދޭތީވެ އަހަރެން އެކަމާ ފަޚުރުވެރިވަމެވެ."




advertisment