Support Us

ޢިބްރަތް: ޙަޤީޤީ ވާހަކައެއް

ޢަރަބި ޖަޒީރާގެ މަޝްހޫރު ވިޔަފާރިވެރިއަކާ ސުވާލުވެވުނެވެ. ތިބާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ޢަޖައިބުކުރަނިވި ކަމަކީ ކޮބާތޯއެވެ؟

އޭނާ ކިޔައިދިނެވެ. އެއް ރެއެއްގައި އަހަރެން ހިތްނުތަނަވަސްވެގެން، ތާޒާ ވައި ލިބިގަތުމަށް ބޭރަށް ނިކުތީމެވެ. އަހަރެން ހިނގަމުން ދަނިކޮށް މިސްކިތުގެ ދޮރު ހުޅުވިފައިވާތަން ފެނުމުން އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ. މިސްކިތަށް ވަދެ ދެ ރަކްޢަތުގެ ނަމާދެއް ކޮށްލަންވީއެވެ. އޭރުން އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބިދާނެއެވެ.

ދެންފަހެ މިސްކިތަށް ވަތްހިނދު އަހަރެންނަށް ފެނުނު މަންޒަރަކީ މީހެއް ޤިބްލައަށް ކުރިމަތިލައި ދެއަތް އުފުލައި اللّه سبحانه وتعالى ގެ ހަޒުރަތަށް ދުޢާ ކުރުމުގައި އަވަދިނެތި އުޅުނު ތަނެވެ. އޭނާ އުޅުނު ގޮތުންނާއި އޭނާގެ އަޑުން އޭނާއީ ވަރަށް ވެސް ބޮޑު ކަމެއް ދިމާވެގެން އުޅޭ މީހެއްކަން އަހަރެންނަށް ޞިފަވިއެވެ.

އަހަރެން އޭނާގެ އިންތިޒާރުގައި ނިމެންދެން މަޑުކޮށްލައިގެން ހުރީމެވެ.

އަހަރެން އޭނާއަށް ބުނީމެވެ. "އޭ އަޚާއެވެ! ތިބާގެ ދުޢާއިން އަހަރެންނަށް ޞިފަވީ ތިބާއީ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ މީހެއް ކަމެވެ! ތިބާގެ ވާހަކަ އަކީ ކޮބައިތޯއެވެ؟"

ދެން ފަހެ އޭނާ ބުންޏެވެ.

"އޭ އަޚާއެވެ! ﷲ ގަންދީ ބުނަމެވެ! އަހަރެންގެ ބޮލުގައި އެޅިފައިވާ ދަރަންޏެއްގެ ސަަބަބުންނެވެ."

އަހަރެން ބުނީމެވެ. "އެއީ ކިހާވަރެއްތޯއެވެ؟"

އޭނާ ބުންޏެވެ. "ހަތަރު ހާހެވެ."

އަހަރެންގެ ޖީބުން ވަޤުތުން ހަތަރު ހާސް ނަގައިފައި އޭނާއަށް ދިނީމެވެ. އޭނާ އުފަލުން ގޮސް ފޮޅިއްޖެއެވެ. އަދި އޭނާ އަހަރެންނަށް ވަރަށް ގިނައިން ޝުކުރު އަދާކޮށް ހެޔޮ ދުޢާ ކޮށްދިނެވެ.

ވިޔަފާރިވެރިޔާ އިތުރަށް ކިޔައިދިނެވެ.

"ދެން އަހަރެންގެ ޖީބުން އަހަރެންގެ "ބިޒްނަސް" ކާޑު ނަގައި އޭނާ އަށް ދިއްކޮށްލަމުން ބުނީމެވެ. "އަޚާއެވެ! ތިބާއަށް އެއްވެސް ބޭނުމެއް ޖެހިއްޖެނަމަ އަހަރެންގެ އޮފީހަށް އަންނާށެވެ. ނޫނީ އަހަރެންގެ މި ނަމްބަރަށް ތިބާ ބޭނުން އިރަކު ގުޅާލާށެވެ! ތީގައި އަހަރެންގެ އޮފީހުގެ އެޑްރެހާއި ނަމްބަރު ވާނެއެވެ."

އަހަރެން ހީކުރީ އޭނާ އެކަމާ ވަރަށް އުފާކޮށް ހަދާނެ ކަމަށެވެ. ނަމަވެސް އޭނާގެ އަނގައިން ދެން ނިކުތް ކަލިމަތަކަކީ އަހަރެން ގައިން ހީބިހި ނަގައިގެންދިޔަ ކަލިމަތަކެވެ.

އޭނާ ބުނީ ކީކޭކަން ތިބޭފުޅުންނަށް އިނގޭތޯއެވެ؟

"އޭ އަޚާއެވެ! ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ! އެކަމަކު ތިކާޑުގެ ބޭނުމެއް އަހަރެންނަކަށް ނެތެވެ. އަހަރެން ކަމަކަށް ބޭނުން ޖެހިއްޖެނަމަ ކޮންމެ ފަހަރަކުވެސް ނަމާދުކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދެއަތް އުފުލައި، އެ އިލާހުގެ ޙަޟްރަތުން އެބޭނުމަށް އަހަރެން އެދެމެވެ. މިފަހަރުވެސް އެއިލާހު އިޖާބަ ކުރެއްވި ފަދައިން އިޖާބަ ކުރައްވާނެތެވެ."

އަހަރެންނަށް މިވާހަކަ ހަނދާކޮށްދިނީ ނަބިއްޔާ ﷺ ގެ މި ޙަދީޘްފުޅުގެ މަތިންނެވެ.

"‏لو أنكم تتوكلون على الله حق توكله لرزقكم كما يرزق الطير ، تغدو خماصاً وتروح بطاناً‏"‏ ‏(‏‏(‏رواه الترمذي ‏)‏‏)‏‏

"ތިޔަބައިމީހުން ޙައްޤުގޮތުގައި ﷲ އަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒްޤު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒްޤު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ."

ޔާ ރައްބު އަޅަމެންނީ އިބަ އިލާހަށް ޙައްޤު ގޮތުގައި ތަވައްކަލު ކުރާ ބަޔެއް ކަމުގައި ލައްވައި އަޅަމެންގެ ޢަމަލުތަކުގައި އިޚްލާޞްތެރިކަން ލައްވާށިއެވެ! އާމީން!

(على خطى الحبيب)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *