އިލާހީ ޢިބުރަތުން ފުރިދާ ޢިބުރަތެއް ތާއޭ
ކުރާ ފިކުރާ ޚިޔާލުން ފެންނަ ކަންކަން ހުރޭތާއޭ
ކުރާނަމަ ހަދުމަ ކަންކަން ކުރާ އަސަރެއް އޮވޭތާއޭ
ތުރާލާ ފަސޭހަ ކަމުން ލިބޭ ޢިބުރަތް ހުރޭތާއޭ
ހިގާދިޔަ ވާޤިޢާތައް ވިހި ވިހިން ދިން ފެނޭބާއޭ
ހިތާ އަދި ސިކުޑިން ބަލާ ވިސްނާ ހެދީ ކިހިނަކުން ބާއޭ
އިލާހީ ވަންތަ ކުޅަދުން ތިބާއަށް ހަދުމަވީ ބާއޭ
ބިރާ ވޭނާ ތުރާލުން ދިން ފިލާވަޅު އެގޭ ބާއޭ
ޒަމާނާ ޙާލަތުން ފައިދާ ނަގައިގެން ނުދޭ ބާއޭ
ޒަމާނީ ބަހަނާ ތަކުން ފައިދާ ޚަޒާނާ ކޮށް ނުދޭބާއޭ
ކުރާ އުއްމީދު ތައް ވިހި އެކާވީހަށް ކޮބައި ބާއޭ
ކުރާތަށް ދަޑުފަނގުން ހެދި ތުރާލުން މިންޖު ވޭބާއޭ
އަލުން މިދުވަސް ލިބޭތޯ ތަމެން ހިތުގައި އޮވޭބާއޭ
ބަހުން ފޮނިތަކެއް ނުކަޑައި އުޅެން ފަހެ ދެން އެގޭބާއޭ
