ދިރިއުޅުމަކީ ހަނަފަސް ސަހަރާއެކެވެ.
އަދި ފަރި ބަގީޗާއެއް ވެސް މެއެވެ.
ލޯބީގެ ދުނިޔެއަކަށް ތިބާ ގެއްލިއްޖެނަމަ،
ފޮނި މަސްތެއް ވެސް މެއެވެ.
ރޭގަނޑު ނިމުމާއެކު ނަލަ ފަތިހެއް އުފަންވެއެވެ.
މަޑުމަޑުން މަޑުމަޑުން އަނދިރިކަން ފިލައި ދެއެވެ.
ދިރިއުޅުން، ހިނިތުންވެފައިވާ އުޖާލާ އިރެއް ފަދައެވެ.
އަމާން އައްސޭރިއަށް ވާސިލުވެވޭނީ،
ތޫފާނުގެ ތެރެއިން ދަތުރުކުރާ ނަވަށެވެ.
ކެރޭ ޒުވާނުންގެ ކުރިމަތީގައި
ތޫފާންތައް ވެސް ބޯލަނބާލައެވެ.
ދިރިއުޅުމަކީ އެހީތެރި އަތްތަކަކާ
ފަސްބައިތަކެއް ވެސް މެއެވެ.
ތަރުޖަމާއެއް