Support Us

ތަޖުރިބާއަށް ފަހު

އިހަކު މަށަކަށް ނޭނގެޔޭ ޝަޚުޞިއްޔަތުގެ މަތިވެރި ކަމެއް
އިވުނު ބަދު ބަސްތައް އެއީ ނަފުރަތުގެ ވިހަ ޙަމަލާ ކަމެއް

މޫނަކަށް ކަނދުރާއަކަށް ނުބަލައި އުޞޫލަށް ބޯލަނބައި
ދޫނުކޮށް ސާބިތުކަމާ އެކު، ކަންކަމާކެމި، ވާ ކަމެއް

ހީނނުލައި އަދި ސީރިއަސް ގޮތުގައި ތިބާ ފެނުމީ އެއީ
ހީނުވާ ފަދަ ހަރުދަނާ ތެދުވެރިކަމާ އީމާން ކަމެއް

ހީނ ސަމާސާކޮށް ހަދާކަން އާންމުނަށް ނުފެނުނު ކަމަކު
ހީނ، މަޖާކުރުމާ ހަލީސާއަށް ވަގުތު ވެސް ދޭ ކަމެއް

ކޮންމެ ކަމަކާ އިޤުތިޞާދާ ގުޅުވަމުން ވިސްނައިދެމުން
އޮންނަ މޮޅުގޮތް ދެއްކުމީ އަރުތައިގެ އަޞްލު ފެށުން ކަމެއް

ޢާއިލާއަށް މިތުރަކަށް ވަކި އިސްކަމެއް ނުމެދީ އެހެން
ދާއިމީ ހަމަހަމަ ކަމަށް ވިސްނުން އެއީ މޮޅު ގޮތް ކަމެއް

ވާދަވެރި ގިނަ ބަސްތަކަށް އިސްކަން ނުދީ ޚިދުމަތްކުރުން-
އާދަކަމުގައި ހެދުމަކީ މައްސަލަތަކުގެ ޙައްލެއް ކަމެއް

ޝަޚުޞުގައި ހުރި މޮޅުކަމާ މަތިވެރިކަމާ ވިސްނުނު ފަހުން
އަހުލުވެރި ފޭނެއްގެ ގޮތް އަބަދަށް ޓަކައި އުފެދުނު ކަމެއް

އަޚުކަމާ އެކުވެރިކަމާ އެކު އުޅުނު ގިނަގުނަ އަހަރުތައް
"ތަޚުތުގައި" އިންނެވި ހިނދަކު ވެސް ބަދަލު ނުމެ ވާކަމެއް

ޖިސްމުގައި ވިންދާއި ރޫޙާ ބުއްދިއާ ހުރިހާ ހިނދަކު
އިސްކުރުން މުޚުލިޞްކަމެއް އަބަދަށް ޓަކައި ވާޖިބު ކަމެއް

މެކުނު ފުމުނަސް ކިހިނަކުން ގާހަކަ އެހެން ފުންމާނެނީ!
އެނގުނުމުން ޒާލިމުގެ ޤައިދީއެއް ކަމަށް ވާނޭ ކަމެއް

ކޮންމެ ފަދަ އަނިޔާއަކަށް ވެސް ކެތްކުރައްވާ ޙާލުގައި
އޮންނަވާ އިރުގައި ތިހާ ކެތްތެރި ކަމެއް ވާނޭ ކަމެއް

މުސްލިމުންނަށް ވާނެޔޭ ހެވަތެއް މުޞީބާތްތަކު ވިޔަސް
އުސްގަނޑެއް އަންނާނެކަން އެނގެޔޭ އެއީ ކަށަވަރު ކަމެއް

އުނި ފިކުރު ހުރި ޒާލިމުން އަނިޔާކުރާ އިރު އެއުރެނަށް
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށްކަން އެއީ ނޭނގޭ ކަމެއް

ދަންނަވަންތޯ ޔާރުނޭ، އަނިޔާކުރާ އިރު ޒާލިމުން-
ދަންނަހެން ހީޔެއް ނުވޭ ވޮޑިގެން ކަލަކު އެބަ ވާ ކަމެއް

އަބަދު ވެސް "މާޒީ"ގެ ހުރިހާ ހެޔޮ ދުޢާއާ ޞަބުރު ވެސް
ދަބަރު ނުޖަހައި ބާއްވަމޭ، ބަދަލެއް ނުވާ ކަށަވަރުކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *