އެއްޗަކަށް އެއްޗެއް ހެދީމާ އެއްޗަކަށް އެ ނުވާނެޔޭ
ކެއްޗަކަށް ކެއްޗެއް ހަދާށޭ ކެއްޗަކަށް އެ ނުވާނެޔޭ
ހުވަނދު ވަސް، ދޭތީ އެ ގޮމަކަސްތޫރިޔާ ހުދު ޢަންބަރުން،
ހުވަގޮށާ ހުނގު އެއްކުރާށޭ ހުވަނދަކަށް އެ ނުވާނެޔޭ
ބޭހަކަށް މާމަލުގެ ފޮންޏާ ކުޅަނދުރުގެ ސޮންޏާވުމުން
ގޭހަކާ ލޮނު އެއްކުރާށޭ ބޭހަކަށް އެ ނުވާނެޔޭ
ދޯދިތައް އޮހޮރާލަދޭތީ، ތަރިރުހަނދު ރޭއާ ދުވާލް
ފޮއިއަޅައި ހުޅުރޯކުރާށޭ ދޯއްޖަކަށް އެ ނުވާނެޔޭ
ރާގުތައް ބުލްބުލް ކިޔާތީ، ރޫޙުތައް ކުރުވައި ހިމޭން
އާގުބޯޓެއް ގެންނަވާށޭ ރާގަކަށް އެ ނުވާނެޔޭ
ހާލިތައް ފެނިގެން ވިޔާދޫނީގެ ފަންނީ ލާމަސީލް
ދާލިފުނިފުންޏަށް ޖަހާށޭ ހާއްޔަކަށް އެ ނުވާނެޔޭ
ރީތި ރީތި ވަނީ އެ ރީތި ވުމަށް ސަބަބުތައް ހުރެގެނޭ،
ރީތި ވާ ގޮތް ދަސްކުރާށޭ ރީތިކަމަކަށް ވާނެޔޭ