Support Us

މަންމަގެ އުނދޯލި

ދަރިފުޅާ މި ޙަޔާތަކީ ދަރިފުޅު ނިދަން ތިޔަ އެރި އުނދޯލި
ހަރުއަޑުން ނާނާ ކިޔަން މި ވަގުތު މި މަންމަ މި އިން އުނދޯލި

އޭގެ ބޭނުން މި ހިފެވޭ ގޮތަށާއި ޒާތަށް ވިސްނުމުން
އޭގެ ހާލުގެ ދޫ ޙަޔާތަށް ނަން ދެނީ ހެއްލޭ އުނދޯލި

ކުރި އަރާނީ ބާރުލައި ކޮއްޕައިލެވުނު ވަރަކުން ދެފައިން
ހުރިތަނުން ފައި އުފުލުނަސް ފަހަތަށް ސޮހޭ ވަގުތުން އުނދޯލި

ހަތަރު ބައިން އެ ބަވޭ އެ އިން ބައިނެއް ކެނޑިއްޖެއްޔާ މުޅިން،
ވަތަކުތޯ ޖެހިދާނެ ދަރިފުޅު ވެއްޓި ފުރޮޅައިލައި އުނދޯލި

މާތްވި ދީނާ ޤައުމު، މުޖުތަމަޢާއި ލޮބުވެތި އާއިލާ
ބައިންތަކީ މި ބުނާ ޙަޔާތުގެ ރަމްޒުކޮށްދޭނޭ އުނދޯލި

ލޯބި އިޙްސާނާ ކުލުނު ދިރިއުޅުމުގައި މާތް ރޫޙަކީ
ކޯދުލާ މައިދާނަކީ އެ އަސަރު މި މަންމަގެ ބޮޑު އުނދޯލި

ރީތި އެކި ނާނާތަކާ ބިރުވެރި އިހުގެ ވާހަކަތަކާ
ރީތި އޭގެ ދަރެސް ލިބޭ އެދުރުގެއަކީ ފުރަތަމަ އުނދޯލި

އެންމެ ފުރަތަމަ ހެއްލެނީ އަނެކުންގެ މަދަދުން ލޯބިވެތި،
ދެން އެއަށް ފަހު އުނގެނިގެން ހެއްލަން ޖެހޭނެ ތިމާ އުނދޯލި

މިތުރުނާ އަޚުނާ އުޚުތުނަށް ޖާގަ ދޭން ވެސް ހަމަ ޖެހޭ
ދަތުރުކުރެވޭހޭ އެކަނި، ނުވެވޭނެޔޭ ބުނެޔޭ އުނދޯލި

އެދެވުނަސް މާ ފޮނި އަރާމް ނިންޖެއް އުނދޯލީގައި ނިދާން
ތެދުވެ ވެސް ހެއްލަން ޖެހޭ ފިނި ރޯޅިފަށް ހޯދަން އުނދޯލި

ކަތިކަމެއް ނެތި އަބަދުވެސް ސީދާ ތެދަށް ހެއްލަން ޖެހޭ
މަތިއަރައި ނޫނީ ބޮލަށް އެނބުރުން ގެނޭ ގައިމޭ އުނދޯލި

މަޑުމަޑުން ކަންފަތިވެ ވަސްވަކަރުގެ މަތިން ފަށްތައް އެކީ
އަޑުކިޔައިފައި ވެއްޓިދޭ ކޮންމެސް ދުވަހަކުން ގޮސް އުނދޯލި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *