އަނދިރިކަމުގައި ވިދުމެއް ނުހުރެއެވެ.
އެކަމަކު ވިދުންފާޅުވެއެވެ.
ވިދުންހާމަވެއެވެ.
ވިދަނީ އުޑަކު އެކަންޏެއް ނޫނެވެ.
ބިމުގައި ވެސް ވިދައެވެ.
އެކަމަކު އުޑުގައި ވެސް، ބިމުގައި ވެސް ވިދަނީ ވަގުތުގެ ގޮތުންނެވެ.
ނީލޯފަރު ހެދޭ ފެންގަނޑަށް ބަލާށެވެ.
އެ ފެންގަނޑުގައި ހުންނަފެނެއް ނުވިދައެވެ.
އެކަމަކު ވައިރޯޅިޔާ އެކު ވިއްސައިގެންދާ ފެންފޮދެއް ނީލޯފަރު ފަތެއްގެ މަތީ ބަބުޅަފާނެއެވެ.
ނުވަތަ ނީލޯފަރުގެ ފިޔައެއްގެ މަތީ ބަބުޅަފާނެއެވެ.
އިރުގެ އަލިކަމާއި އުޖާލާކަމާ ލައިގެންނެވެ.
ނުވަތަ ހަނދުވަރުގެ އަލިކަމާއި އުޖާލާކަމާ ލައިގެންނެވެ.
އެ ޖެހުނީ އެ ފެންތިކި ވިދުމުގެ ވަގުތެވެ.
އެ ވަގުތަށް އިންތިޒާރުކުރާށެވެ.
އިންސާނާއަށް އޮތީ އެ ގޮތެވެ.
ވަގުތު ޖެހުމުން ވިދާނެއެވެ.
ކިލަނބުކަމެއް، ބަނަކަމެއް އެކުނުވާ ނަމަ، ހިރަފުހެއް، މިލައެއް ނުޖެހޭ ނަމަ، ތާއަބަދަށް ވިދާނެއެވެ.