Support Us

ޝިކާޔަތު

އަހަރެންގެ އޮތީ ހަމަ އެންމެ ޝިކާޔަތެކެވެ.

ހަނދާންތަކާ އެކު އެ އަތަކުން ހަދިޔާ ކުޅަ ހިތް، ހަމަ އެ އަތުން ގަތުލު ކުޅަ ސަބަބު ނޭނގުމުގެ ހިތި ޝިކާޔަތެވެ.

 

އަހަރެންގެ އޮތީ ހަމަ އެންމެ ޝިކާޔަތެކެވެ.

ހިތާމައިގެ ކަރުނަ ފުހެދީ ހަމްދަރުދީގެ ފިރުމުން ދިން އަތް ތޫނު ޚަންޖަރަކަށް ވީ ސަބަބު ނޭނގުމުގެ ވޭނީ ޝިކާޔަތެވެ.

 

އަހަރެންގެ އޮތީ ހަމަ އެންމެ ޝިކާޔަތެކެވެ.

ދިން ރަތްދަކަ އަތްވާއި ވެހުނު ބޯބޯ ވާރޭގައި، އެތައް ދުވަހެއް ވާން ދެން ނަގައިދިން ކުޑަ އަހަރެން އަމިއްލައަށް  ނަގާނޭ ގޮތް ދަސްކޮށް ނުދިން ކަމުގެ ހިތްދަތި ޝިކާޔަތެވެ.

 

އަހަރެންގެ އޮތީ ހަމަ އެންމެ ޝިކާޔަތެކެވެ.

އިހުސާސްތަކުގެ އަޑު އެހި ކަންފަތް ބައްވެ، އޯގާވެރިކަމުގެ ޖަޒްބާތީ ޝަބްނަމް ވެއްސި ހިތް ހުއްޓި، ރިހުމާއި ތަދުތައް ފިލުވި "ދަރުބާރުގެ ހިޔާ”އިން އަހަރެން މަހުރޫމު ވާން ޖެހުނު ސަބަބު ނޭނގުމުގެ މާޔޫސީ ޝިކާޔަތެވެ.

 

ޝިކާޔަތުގައި ވަގުތުތައް އެބަ ގުނަމެވެ.

މާލަހެއް ނުވެ ތިބާގެ ޝަކުވާގެ އަޑު ދުނިޔެ އަހާނެއެވެ.

ބައެއް އިންސާނުންގެ ހިތް، މަންމަން ވެފައިވާ ރޭގަނޑެއް ފަދައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *