ވިސްނުމެއް ފިކުރެއްނުވާ މީހަކު އޮތީ ކޮން ބޭނުމެއް
ޢިލްމުނެތި ޢިލްމެއް ލިބުނަކަސް ނެތް ފުދޭނޭ ބޭނުމެއް
ޢިލްމަކުން ބޭނުންހިފަން ބޭނުން އެތައް ގިނަ ކަންކަމެއް
އިލްމު ހުރެފާ ތަޖްރިބާ ހުރުމީ އެއީވެސް އޭގެ ޝަރުތެއް
ލިބުނު ޢިލްމުން "ރަނުގެތާޖެއް އަދި ބޮލަށް އެޅުނެއް ކަމަކު"
އަބުރުވެރި ތަރުބިއްޔަތުން ނޫނީ ލިބޭ ނެތް ޝުހްރަތެއް
ދުނިޔެއިން އަދު ކުރިއަރައިދާ ގައުމުތައް ދައްކާ ގޮތުން
މުޅި ގައުމު ހިންގަން ތިބޭނީ ތަޖްރިބާހުރި ގިނަ ބައެއް
ޞަބުރުވެރިކަން ނަފުސުގައި ނެތް މީހުނަށް ހުރި ޙާލަތެއް،
އަބަދުވެސް މިންވަރުފުޅަށް ނުރުހުން އެއީ ވެސް ވާގޮތެއް
މާމަތީ ޑިގްރީ ތަކެއް ޢިލްމީ ރޮނގުން ޙާސިލް ވިޔަސް
"މާ މަތީން" މިންވަރުފުޅާއި ނުލައި ވެވޭ ނެތް އެއްކަމެއް
