ރީތި ހެނދުނެއް އުޑުމަތީ ބަނަ ފުސް ވިލާ ނެތް ދުވަހެކޭ
ރީތިކަން ގުދުރަތުގެ ފުރިހަމަ ސޫރަވާ ނަލަ ދުވަހެކޭ
މަޑުމަޑުން ވައިރޯޅިތައް ބީހޭ ފަޒާޔާ ގަސްތަކާ
އަޑުމަޑުވެ ހަލަބޮލިކަމުގެ، އެއްވެސް ކަމެއް ނެތް ދުވަހެކޭ
ހަމަހިމޭންކަން އުޑުމަތީން ފެށިގެން ބިމާ ހަމައިން ވަނީ
ރަމަތަކޮށް ފެތުރޭ އަމާންކަން ނޫންކަމެއް ނެތް ދުވަހެކޭ
ފެންނަނީ ހިނިތުން ވުމާ ހިތްހެޔޮކަމޭ މުޅި ބިންމަތީން
އެންމެ ހެޔޮ ބަސްތައް ދުލުން އިވެމުން ދަނީ ހެޔޮ ދުވަހެކޭ
ރޫޅެމުން ހުދު ކަފަވިލާތައް ފިރުކެނީ ނޫ އުޑުމަތީ
ކޫރު ނެތް މަޑުމޮޅި ފަޒާ ވެސް މާ ނަޔާވީ ދުވަހެކޭ
އެކުވެ އެއްބައިވަންތަ ގުޅުމުން ހިތްހިތާ ގުޅަމުން ކަތުން
އެކުވެރީންގެ ސަފުން ގަދަރު ލިބި މާ އުފާވެރި ދުވަހެކޭ
މާދަމާއީ މާދަމާ މާދަން ދެކޭނޭ މިއަދު މީ
ހާދަ ފުރިހަމަ ހާދަ ފާގަތި ވާނެ އަސްތާ ދުވަހެކޭ