ވޭނުގައި އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ރޭ ދުވާ ލޭކަރުނަތައް އޮހޮރެން ޖެހޭ އުޒުރެއް ނެތޭ
ދިއްލުމަށް ހުރި ބައްތި ތެޅުމުން ދެން ވަނީ ފުޅިތޮށްޓަށް
ދިއްލުމުން ހުޅުކޮޅު ވަނީ އެހެނަސް އެއީ އަލި އިރަކަށޭ
ވޭނުގައި އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ކަރުނަ އޮހޮރީމާ ވަނީ އޮހޮރޭ އެއީ ފެންފޮދަކަށޭ
ކަރުނަ ލޮލުގައި ފޮރުވުމުން އެ ވަނީ ވިދާ މުތްތަކަކަށޭ
ވޭނުގައި އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ކޮންމެ ތޫފާނެއް ތަހައްމަލް ވާނެ ވާންވީ އެކަކަށޭ
ކޮށްލުމުން އެވަނީ ތަހައްމަލް އެރޮނގުގާ ފުން ކަނޑަކަށޭ
ވޭނުގައި އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ދުންޔަވީ ތިޔަ ރާޒުވާގޮނޑި ފެންނަނީ ގޮޅާގޮޅި އަށޭ
ހުންނަނީ އުފަލާ ހިތާމައިން ރަމްޒު ވާ ކުލަކުލަ އަށޭ
ވޭނުގާ އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ކުރަހަނީ ނަޤުޝާ ހަޔާތުގެ އެކި ދުވަހު އެކި ސިފައަށޭ
ހުރަހަށާއި ދިގަށް މަލާ ކަށްޓާ ވަނީ ބަރިބަރި އަށޭ
ވޭނުގާ އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
ބަލިހިތުން ކަޅު އަނދިރި ރޭރޭ ސިފަވަނީ ފިނޑި ބިރަކަށޭ
އަލިވިލޭނީ ކޮންމެ އުންމީދެއް އެހެން މަންޒަރަކަށޭ
ވޭނުގައި އަމްދުން ހިތާމަ ކުރަން ޖެހޭ ސަބަބެއް ނެތޭ
