Support Us

އަޅާގެ ޙާލާއިމެދު ރޮވެނީ

ރާގު: ބާބުލް ކި ދުޢާއޭ

ޔާރައްބަ! އަޅާ ބިރުވެތި ވަނީ ޙާލާއި މެދަށް ވިސްނާލުމުން
މާދަން މިދުނިޔެ ދޫކޮށް ދިޔުމުން ދެން ވާނެ ގޮތެއްވެސް ނޭނގުމުން

ކަށްވަޅުގެ ޢަޒާބާ ބިރުތަކާ ކަށްވަޅުގެ އެކަނިވެރި ޙާލަތާ،
ކަށްވަޅުގެ މަލާއިކަތުންގެ އަޑާ ކަށްވަޅުގެ ސުވާލުން ވާގޮތާ
ކަށްވަޅުގެ އަނދިރި ނާމާންކަމުން ދެން ވާނެ ގޮތެއްވެސް ނޭނގުމުން

މަތިވެރިވި ޤިޔާމަތް ދުވަހުގައި މަތިވެރިވި އިލާހީ ޙަޒުރަތުގައި
މަތިވެރިވި ޢަދާލަތު އިއްވުމާ މަތިވެރިވި ބަދަލުވެސް ދެއްވުމާ
މަތިވެރިވި ނިޔާފުޅު އަންނަހިނދު އަންނާނެ ގޮތެއްވެސް ނޭނގުމުން

މަޙްޝަރުގެ ބިމުން ގަދަ ހޫނުގައި ދާ އޮހޮރި އެކީ ތެމި ފޯވެފައި
ރަޙްމަތްތެރިޔެއް ނެތް ޙާލުގާ ނަފުސާއި ނަފުސު އޮތް ދުވަހުގައި
މަތިވެރިވި އިލާހީ އަމުރުރުފުޅު އަންނާނެ ގޮތެއްވެސް ނޭނގުމުން

ކުޅަހާ ޢަމަލެއް ލިޔެވުނު ދެފަތް ކިރިގެން އެދުވަހު މީޒާނުގައި
ހުރަހެއް ނިވަލެއް ނެތި ކުރިމަތީ ޙާޒިރުވެ ތިބޭއިރު އެތަނުގައި
ބުރަވާނެ ކޮޅެއް މީޒާނުގައި ދެން ވާނެ ގޮތެއްވެސް ނޭނގުމުން

ޢަރްޝީގެހިޔާ ލިބެވޭނެ ކަމާ ކައުސަރުގެ ބުއިން ދެއްވޭނެ ކަމެއް
ދަތުރަށް ފެށުމުން އެޞިރާތުމަގުން ހުރިޙާލު ހިތަށް ނޭނގޭނެ ކަމެއް
ރަޙްމަތުގެ ނިޔާފުޅު އޮތް ގޮތެއް އަދިވާނެ ގޮތެއްވެސް ނޭނގުމުން

ދުނިޔޭގެ ބިމުން ކުރިހާ ޢަމަލެއް ހެކިދޭނެ ހިނދުން މަޙްޝަރުގެ ބިމުން
ކުރިހާ ޢަމަލެއް ބޭޒާރުވުމާ ފޮރުވޭނެ ގޮތެއް ނޯންނާނެ ކަމުން
ހުރިޙާލު އެމަޙްޝަރު ބިންމަތީ ދެން ވާނެ ގޮތެއްވެސް ނޭނގުމުން

ﷲ ގެމަތިވެރި ޒާތުފުޅު އެބިމަށްވެ ތަޖައްލީ ވޮޑިގަތުން
ﷲ ގެ ހުރިހާ އަޅުތަކުން ބޭނުންވެ ސަޖިދަޔަށް ތިރިވުމަށް
ﷲ އެ ރަޙްމަތްފުޅު އަޅަށް ދެއްވޭނެ ކަމެއްވެސް ނޭނގުމުން

ޖައްނަތުގެ އަރާމާ ނިޢުމަތާ ނަރަކާގެ ޢަޒާބާ ވޭން ތަކާ
ކަންތައް ނިމޭއިރު އެތަނުގައި ﷲ ނިޔާފުޅު އޮތް ގޮތާ
ލައްވާނި ޖަހައްނަމަ، ޖައްނަތާ، ކޮން ތާކު ކަމެއްވެސް ނޭނގުމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *