Support Us

އަދިވެސް ބަދިގެ: "ކުޅި ބޯވަ" އަމިއްލައަށް ތައްޔާރުކޮށްލަން ބޭނުންތަ؟

 

ބޭނުންވާތަކެތި:

4 ފިޔާ   4 ސަމުސާ ޓޮމާޓޯ ޕޭސްޓް

5 ލޮނުމެދު  1 ޓޮމާޓޯ

ހިކަނދިފަތް   ބޯވަ (1000 ގ)

ރާނބާފަތް   3 ސަމުސާ ޗިލީސޯސް

1 ގިތެޔޮމިރުސް   ލޮނު

4 ހިކިމިރުސް    1 ސަމުސާ ލޮނުމިރުސް

3 ސަމުސާ ތެޅިމިރުސް  3 ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ބޯވަ ރަނގަޅަށް ސާފުކޮށް ދޮވުމަށްފަހު ކުދިކޮށް ކޮށާށެވެ. އުނދުންމައްޗަށް ފެންތެއްޔެއް އުދާފައި ލޮނުކޮޅެއް އެޅުމަށްފަހު ކެކެންފެށުމުން ބޯވަ އަޅާ ކުޑައިރުކޮޅަކު ކައްކާށެވެ. ކައްކާ ނިމުމުން ތެލީގައި ހުރި ފެން އުކާލާށެވެ.

ފިޔާގަނޑު ތައްޔާރުކުރުމަށް ފިޔާ، ލޮނުމެދު، ހިކިމިރުސް، ގިތެޔޮމިރުސް، ޓޮމާޓޯ ކޮށާށެވެ. ތަވައަށް ތެޔޮފޮދެއް އަޅާ ފިޔާގަނޑު ތައްޔާރުކުރުމަށް ކޮށި ހުރިހާ ބާވަތެއްގެ އިތުރުން ހިކަނދިފަތް، ރާނބާފަތް އެޅުމަށްފަހު ފިޔާގަނޑު ރަނގަޅަށް މޯޅިވަންދެން މަޑުމަޑުން އެއްކުރަމުން ކައްކާށެވެ. ފިޔާގެ ކުލައަށް ބަދަލު އައުމުން ޓޮމާޓޯ ޕޭސްޓް، ލޮނު، ތެޅިމިރުސް، ލޮނުމިރުސް އަދި ޗިލީސޯސް އަޅާ އިރުކޮޅަކު ކެއްކުމަށްފަހު ބޯވަ އަޅާށެވެ. ތަވާގައި މަތިޖެހުމަށްފަހު ރަނގަޅަށް މަޑުވަންދެން، މަޑުގިނީގައި ކައްކާށެވެ. ބޯވަ މަޑުވުމުން ރަހަ ހެޔޮވަރުކުރުމަށްފަހު އުނދުނުން ބާލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *