Support Us

ޚަޔާލުގެ މުސާފިރު

ޚަޔާލުން އުޑުތަކާ ހަމަޔަށް ދަތުރު ކުރަނީ ހެ އިންސާނާ
ވަޔާ އަލި ދޯދިތައް ލަދުގަންނަވައިލައި މިހިރަ މެހުމާނާ

ވިދާ ތަރިތަކުގެ ޢާލަމުގައި ފަޒާ ޖައްވާ ފަލަކުތަކުގައި
ހަނދާނުން ފޮހެލަނީ ހޭ މަންޒިލާ މަޤުޞޫދު ހުންގާނާ

ހަނދާ ހަނދުވަރުގެ ޖާދޫގައި، ނަދާ ޝަބްނަމްގެ މެހެފިލުގައި
ނިދާ މަސްތުގެ އިވޭ ހިނދުގައި ފިދާވެ ދަނީ ހެ ހައި ހޫނާ

ފޮޅޭ މާމަލުގެ ގުލްޝަނުގައި އުޅޭ ބުލްބުލްތަކާއެކުގައި
ކުޅޭ ފިޠުރަތުގެ މިޔުޒިކުގައި ކިޔާ ނަގަނީހެ ތިޔަ ގާނާ

އެއީ ޤުދުރަތުގެ ފުރިހަމަކަން، އެއީ ނިޢުމަތުގެ ތަނަވަސްކަން
އެއާ މެދު ޝުކުރުވެރި ވާން ނޭނގި ދެން ވާން ވީހެ ދީވާނާ

ކޮބައި މި ދަތުރުގެ މަޤުޞަދަކީ، ކޮބައި ބަނދަރާއި ސާހިލަކީ؟
ކޮބައި އެ ކަމަށް ކުރާ ކަމަކީ ޖަވާބެއް ދޭށެ ހައިރާނާ

ހަވާލުވެފައި އޮތީ އާރާސްތު ކުރުމޭ ބިން ނުވިސްނޭހޭ؟
އަވާގައި ޖެއްސި އިރު ތިޔަ ހިތް، ހަވާ ނަފުސާއި ޝައިޠާނާ

އެނގޭ މީހާ ތަފާތު ހެ ސާފު މަގު ދޫކޮށް ހިނގާއިރުގައި؟
މަގޭ 'ލައިލާ' ނެތީމާ މިސްކިތުން ދުވެ ފޭބި މަޖުނޫނާ

ހެވެއް ޢަމަލުން ނުދެއްކެންޏާ، ނަތީޖާއެއް ނުފެންނާނޭ
ނަވެއް ދުވެ ދޭ ހެ ބޯސާގައި، ރިޔާ ކުނބު ހަމަ ވެ، ފަރުމާނާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *