Support Us

އައުޅެން/ ތަޢައްސުބު 

ވަގުތުގެ "އަރާމުން" މީރުކަން ހޯދުމުގައި ޣާފިލްވުމަކީ ފާފައެކެވެ.

ދުނިޔޭގެ ފިޠުރަތާ ދެކޮޅު ނަހަދާށެވެ. ދެކޮޅުވެރިނުވާށެވެ.

ޒީނަތްތެރިކަމަކީ ހިތްފާސިދުކުރުވުމުގެ ދަޢުވަތުގެ މަންމައެވެ.

އިޖާބަދިނުމުގައި ހިތާސުވާލުކުރާށެވެ.

ހިތް ބުނަނީ ކީކޭހެއްޔެވެ؟ ވިސްނުން ބުނަނީ ކީކޭހެއްޔެވެ؟

ނިންމަން ދަތިވެއްޖެ ނަމަ ފިކުރު ޙިއްސާކުރާނެ މިތުރެއް ޚިޔާރުކުރާށެވެ.

އެއީ ހިމޭންކަމެވެ. ހިމޭނަކަމުގައި ވިސްނައި ފިކުރުކުރާށެވެ.

ކާމިޔާބު ހުރި ހައްލެއް ފެނިދާށިއެވެ.

 

މީހެއްގެ ޙުރުމަތުން އަނެއް މީހަކަށް އުނިވާ ޙުރުމަތެއް ނެތެވެ.

ޙުރުމަތަށް ޙުރުމަތްތެރިވުމުން ޙުރުމަތްތެރިކަމުން ޙުރުމަތުގެ ކުރިފަޅާނެވެ.

ޙުރުމަތްތެރިކޮށްހިތާށެވެ. ޙުރުމަތްތެރިވާށެވެ.

ޙުރުމަތުގެ މޭވާ ޙާޞިލްވާށިއެވެ.

 

ޒާތީ ތަޢައްސުބާއި ނަފުރަތުގެ މިޙުރާބުގައި ކުރާ ޢަމަލުތަކުގެ ނަފާއެއް ވޭހެއްޔެވެ؟

އަނެކުންނަށް ވެވޭ އަނިޔާއަކީ ޚުދު ތިމާއަށް ތިމާ ދޭ އަނިޔާކަމުގައި ވެދެއެވެ.

އަނިޔާވެރިޔާގެ އުފަލަކީ އަނިޔާކުރުމެވެ. އަނިޔާވެރިވުމެވެ. އަނިޔާ ދިނުމެވެ.

އޭނާގެ ޢަމަލަކީ ވެސް އެއީއެވެ. އަޅުކަމަކީވެސް އެއީއެވެ.

އެ ޢަމަލުގެ ބަދަލް ކައްފާރާ އަދާކުރުން ނާދިރުވާށިއެވެ.

 

އެ ޢަމަލުތަކުން މިންޖުވާނެ ހިނދުކޮޅެއް  ނުލިބޭށިއެވެ.

އަމިއްލަ ނަފުސުގެ މައްޗަށް ހަމްދަރުދީނުވެވި އުޅެނިކޮށް އަޖަލުޖެހިދާށިއެވެ.

ތަޢުބާއަށް ދެއަށް އުފުލަން ވަގުތު ހުސްކުރާ ހިނދު އޭނާވާހުށީ އޭނާގެ ދާނުގައެވެ.

ރަޙުމާއި ކުލުނާއި ހަމްދަރުދީން މަޙުރޫމްވެފައިވީ ދާނުގައެވެ.

ހިރިވެސްނުލެވިއެވެ. އަނގައިވެސް ނުބުނެވިއެވެ.

ހިތަށް އަރާފައިބާހާ އެއްޗެއް ފެންނަހުށީ ކަރުނައިގެ ސިފައިގައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *