ޟަލާލަތުގެ އަނދިރީގެ މޫ އަބަދު ލާނަމަ
ސަލާމަތް ނުވޭ ޖާހިލިއްޔަތު ވިދާ ނަމަ
ސަލާމަތްކަމުގެ ރޯޅިވައިތައް ނުލިބި ފިނި
ހަލާކުވެ ދެޔޭ ގޯޅިގޯޅިން އެޅޭ ނަމަ
ފަލާހުގެ މަލުން ވާނެ ޒީނަތްވެގެން ފަރި
ކަލާންފުޅު އެ ރައްބީގެ މަތިވެރި ކިޔާ ނަމަ
ފިލާނޭ ކިލާ ހިތްތަކާ އެކުވި ކިސަޑާ
ފިލާވަޅުތަކުން ދަރުސުތައް ބަލަ ބަލާ ނަމަ
ދިލާސާކަމެއް ހަމަ ނެތޭ ހަމަ ނެތޭ ދެން
ހިލާ ޖާހިލިއްޔަތު ފިލައިގެން ނުދާ ނަމަ
ކިލާކަން ހިތުން ފުހެ ނިވާށޭ ހިތުން ގިނި
އިލާހުގެ ރުހުން ނެތެމެ މި މަގުން ނުދާ ނަމަ