Support Us

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" ފޮތް ނެރެދެއްވައިފި

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "ޖަރނީ" އިން ޝާއިޢުކޮށްފައިވާ ފޮތް "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ. އެ ކަމަނާ މި ފޮތް ނެރެދެއްވީ، މި ކަމަށްޓަކައި މުލީއާގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

 

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ފޮތް ބިނާކޮށްފައި ވަނީ ޕާޓްނަރޝިޕް ފޮރ ޑްރަގް ފްރީ ކިޑްސްގެ "އިންޓަރވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސް ގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސަރވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިޢުކޮށްފައިވާ އެކި މަޢުލޫމާތުތަކުގެ މައްޗަށެވެ. އަދި މި ފޮތް ބައްޓަންކޮށްފައި ވަނީ، އެ މަޢުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެކުލަވައިލައިގެންނެވެ.

"ޖަރނީ"އަކީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާހޯދުމާއި، މުޖުތަމަޢާ އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *