Support Us

ފާޑުކިޔަނީ މިހެންވެގެން!

ފާޑު ކިޔުމަށް ހުންނަ ސަބަބު ތަކެއް ހުރީމާ ފާޑު ކިޔަނީ
ފާޑު ފާޑުގެ ވަޢުދު ކޮށްފައި ނުފުދުނީމާ ފާޑުކިޔަނީ

ކޮރަޕްޝަނުގައި ހައްދު ފަހަނަ އަޅައި އޮޔާދާ ޤައުމަކަށް،
"ކޮރަޕްޝަން ޒީރޯ ކަމަށް ބުނިހެން" ނުވީމާ ފާޑުކިޔަނީ

ވައްކަމާ އަދި ކޮރަޕްޝަން ވެސް ވަކި ތަފާތެއް ނުފެނިފައި
ކަން ކުރާގޮތް އެދުވަހަށް ވުރެ ރަނގަޅު ނުވެގެން ފާޑުކިޔަނީ

މުޅިދުނިޔެ އަދި، ރާއްޖެވެސް ނޭވާނުލެވި ހާސްވީ ވަގުތު،
"ހޮޅި ގުޅަންހުރި މެޝިނުތައް ވެސް ކޮރަޕްޓު ވީމާ" ފާޑުކިޔަނީ

ކާރު ހެދިޔަސް، ފާރު ނެގިޔަސް، ޕާކު ހެދިޔަސް، ކޮރަޕްޝަން،
ޙާލު މިގޮތަށް ބަދަލުވީ ކަންވެސް އެނގޭތީ ފާޑުކިޔަނީ

ވޭތުވީ ދައުރަށްވުރެން ވަކި ސަހަލު ނެތް އެއްވެސް ކަމެއް،
އޭގެ ޒާތާ ބާވަތާ އެއްގޮތް ވުމުން އަދު ފާޑުކިޔަނީ

"އޭރު ހިންގީ ތެލުގެ ވައްކަން، ބޭރު އެކިއެކި ގައުމުގައި"
މިއަދު، އެމް.ޕީ.އެލް ތެލުން ވައްކަން ކުރީމާ ފާޑުކިޔަނީ

އޭރު ކުރި ވައްކަމުގެ ފައިސާ ލިބުނު މީހުން ލިސްޓުވެސް،
ބޭރު ނުކުރަން ފައިލުގައި ރައްކާ ކުރީތީ ފާޑުކިޔަނީ

ނުރުހުމެއް އުފެދިއްޖެ މީހަކު ނަމަ ނަގައި ބޭޒާރު ކޮށް،
ރުހުނު މީހަކު ސިއްރުކޮށް ރައްކާ ކުރާތީ ފާޑުކިޔަނީ

ޙާލުގައި ޖެހިފައި ކޮރޯނާ ވައިރަހުން ތިބި މީހުނަށް،
ސާދަ ރުފިޔާ އަށް ކިލޯ، ގަނެ ކާން ދިނީތީ ފާޑުކިޔަނީ

އަތުޖެހުނު ހަމަ ކޮންމެ އެއްޗެއް އަތުޖެހުނު ނަމަ ކޮންމެ މީހެއް
އަތުޖެހުނު ތަނަކުން ނަގައި ބޭނުން ކުރާތީ ފާޑުކިޔަނީ

"ގެއްލިފައިވާ މީހުނާ އަދި ޙައްޤުތައް ހޯދަން" ބުނާ،
އެންމެ ޙައްޤެއްވެސް އެއިން ފުރިހަމަ ނުވާތީ ފާޑުކިޔަނީ

"ލާހިކެއް ނޫން ވައްކަމެއް ކުރިޔަސް އެކަން އަތުލާކަށެއް"
މާ މަތީ ފަޚްރެއް ކަމަށް ބުނެލާ ހަދާތީ ފާޑުކިޔަނީ

ގައި ދުރުވެ އެންމެން އުޅެންވީ އެންމެ ނާޒުކު ވަގުތުގައި،
ގައިން ގަޔަށް ޖިންސީ ޢަމަލުކޮށް، ރޭޕްކުރުމުން ފާޑުކިޔަނީ

ޗާންސަކަށް، ވާގޮތް ބަލަން އަދު ރައްޔިތުން ކުރި ދަތުރުގައި،
ހާސް ވެގެން އުއްމީދު ތައް ބަރުބާދު ވާތީ ފާޑުކިޔަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *