Support Us

ކަލާގެ މަޒާރު ފެނުމުން…

ކަލާގެ މަޒާރު ފެނުމުން މާޒީ ކަޝްފުވެއްޖެވެ.

އެކުއުޅުނު އުފާވެރި ދުވަސްތައް އަހަންނަށް އެބަ އުނދަގޫ ކުރެއެވެ.

އެވަގުތުތަކެވެ. އެބައްދަލުވުންތަކެވެ.

އެއުފާތަކެވެ. އެ ލައްޒަތެވެ.

 

ވައިރޯޅި އަހަންނާ ސަމާސަކުރަނީ ކަލާއަށް ޒިކުރުކުރަމުންނެވެ.

އެރޯޅީގައި ކަލާގެ މިރުވަސް އެކުލެވިގެންވެއެވެ.

އެއީ އެންމެ މީރުވަހެއެވެ. ނޭފަތުކުރިން ނުފިލާ ދާއިމީ ވަހެކެވެ.

ހިތުގެ އެންމެ ފުނުގައި އެ ހުނވަދުގެ ވަސް ވަނީ މެކިފައެވެ.

 

ހަނދު އަހަންނާ ވާހަކަދައްކައެވެ. އެކަކަމު އިވެނީ ކަލާގެ އަޑެވެ.

ތަރިތައް އަހަންނަށް ހަނާއަޅައެވެ. އެކަމަކު ފެންނަނީ ކަލާގެ ތޫނު ލޮލެވެ.

ވިލާތައް އަހަންނަށް ޙަމްދަރުދީވެއެވެ. އެކަމަކު ފެންނަކީ ކަލާގެ  ނިޔަނެތި ސޫރައެވެ.

 

ކަލާގެ ކެކުޅުމުގެ އަޑު އަހަރެންގެ ކަންފަތުގައި އެބަ ގުގުމައެވެ.

އަހަރެންގެ ރުއިމާއި ގިސްލުމުގެ އަޑު އެބަ އިވޭހެއްޔެވެ؟

"އެކަނިވެރިކަން" އަހަރެންގެ ޙާލަށް އަޅާލައެވެ.

ކަލާގެ އެކަނިވެރިކަން ފިލުވައިދޭނީ އަހަންނެވެ.

މާލަހެއް ދެން ނުވާނެއެވެ.

ކަލާގެ މަޒާރުގައެވެ.

ކަލާގެ އަރިހުގައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *