Support Us

ބައްދަލުވުމުގެ އިޖާޒަތު

އޭ ބަހާރާއެވެ.

މީރުވަހާއެކު ފެތުރެމުންދާ ވައިރޯޅިޔާ،

އެވައިރޯޅިއާއެކު ދަތުރުކުރާ ފަލަކުގެ ޚަބަރު.

ފަހެ ތިބާއަށް އަހަންނަށް ގެނެސްދެވިދާނެ ހެއްޔެވެ؟

ތިބާ ބޭނުން ހަމަ ކޮންމެ ހިނދަކު އަހަންނާ ބައްދަލުވުމުގެ އިޖާޒަތުދެމެވެ.

 

ޤަދަރުވެރިން ތިބި ސަހަރާގެ ފަހުގެ ވަހާއި،

އެވަހުގެ ކުލަޔާއި ރަހަޔާއި މީރުކަން.

ފަހެ ތިބާއަށް އަހަންނަށް ގެނެސްދެވިދާނެހެއްޔެވެ؟

ތިބާއަށް ހަމަ ކޮންމެ ހިނދަކުމެ އަހަންނާ ބައްދަލުވުމުގެ އިޖާޒަތު ދެމެވެ.

ދެމިދެމިހުރި ފެންކޯރުތަކުން ދައުރުވާ ފެނުގެ ތާސީރާއި،

އޮހިއޮހިހުންނަ ފެންއާރުތަކުން އޮހޭ ފެނުގެ ތާޒާކަމާއި،

އެފެންފެނުން މިރުކަން ހޯދާ ފެންފޯއްދޫނީ އިއްވާ ހިމޭންރާގު.

ފަހެ ތިބާއަށް އަހަންނަށް ގެނެސް ދެވިދާނެހެއްހެއްޔެވެ؟

ތިބާއަށް ހަމަ ކޮންމެ ހިނދަކުމެ އަހަންނާ ބައްދަލުވުމުގެ އިޖާޒަތު ދެމެވެ.

 

ނޫކަންގަދަ ފުންކަނޑުތަކުން ނަގާ ރާޅުތަކުން އުފައްދާ ފޮނުގަނޑު،

ހިނދި ނުނހިދި ވާގޮތުން އައިސް މަޑުނޫވިލުތަކުން، ފަޅުތަކުން ފިރުކެމުން،

ގޮނޑުދޮށްތަކުގައި ބޮސްދީ ފިރުމަމުންދާ ރާޅުރާޅުގެ ތަރާނާގެ އަޑާއި،

މޫސުންމޫސުމަށް ވިހުރޭ ރޯޅީގެ ސަމާސާގައި ނަށާ ގަސްގަހާގެހީގެ ނާނާއާއި،

އެކިހިނދު ހިނދުން، އެކިކަންކޮޅުން އަންދަލީބު އިއްވަމުންދާ ޗާލު ލަވަ.

ފަހެ ތިބާއަށް އަހަންނަށް ގެނެސްދެވިދާނެ ހެއްޔެވެ؟

ތިބާއަށް ހަމަ ކޮންމެ ހިނދަކުމެ އަހަންނާ ބައްދަލުވުމުގެ އިޖާޒަތު ދެމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *