ހިޔާދޭ ގަސް ހިޔާދޭ އިރު، ހިޔާ ހޯދާން ނިކަން ރަނގަޅޭ
ޚިޔާލެއްނެތި ނިޔާމައިގައި ކިޔާންލަވަތައް ވަރަށް ރަނގަޅޭ
ފަތިހު ފިންޏާއި މެންދުރު ވެސް، ހަވީރު ޢިޝާ އެ މެންދަމު ވެސް
އަތިރިމައްޗާ ގެޔަށްވުރެ ވެސް މި ބުނި ގަސް މާ ބޮޑަށް ރަނގަޅޭ
މަލުން ލިބިދޭ އަރާމު ވަހޭ، ދުލަށް މޭވާ އެ ދޭ ރަހައޭ
މުލުންނާ ކަނދުގަނޑުން ލިބިދޭ ޙިމާޔަތް އަދި ވަކިން ރަނގަޅޭ
އެއީ ރައްކަލުގެ ކިއްލާއޭ، އެއީ ހިތްތަކުގެ ސިނަމާއޭ
އެއީ ލޯބީގެ މިތުރާއޭ މި ކޮންމެ ނަމެއް އެކުން ރަނގަޅޭ
ޒަމާންދޭ ބަދަލަކުން އެހެނަސް، ބަލިވެ ހީނަރުވެލައިފިއްޔާ
ދަމައި ބޮޑުކީސް އަޅައި ކީހާން އެ ގަސް އަދި ހާދަހައި ރަނގަޅޭ