Support Us

ތަރިތަކުގެ ޚިޔާލާތު

އުޑުމަތީ ތަރިތައް ވިދައިލިޔެ ސާދަ ފަނަރައި ފޮއިމަތީ،
މަޑުމަޑުން ފިކުރެއް ހިނގައިލިޔެ ވާ ގޮތުންކަން، ބިންމަތީ

ކީއްވެގެންބާއޭ އަހަރެމެންހެން ހިމޭންކަމުގައި މިހެން،
ހޭދަ ނުވަނީ ރޭ ދުވާތައް ބިމުގެ ރީތި ސަތަޙަމަތީ

ޚާލިޤަށް ބިރުވެތިވެ ކިޔަމަންތެރިކަމާއެކު ބޯލަނބައި
ވާޖިބޭ ތަރިތައް އަދާކުރަނީ ވެ ދައުރު ފަލަކުމަތީ

ކަންފަތަށް ބިންގަނޑުގެ މާ ފޮނި މިޔުޒިކެއްބާއޭ އިވޭ؟
އިންތިހާ ނިކަމެތި ޟަޢީފުން ވޭނުގައި ގިސްލާ ގޮތީ

ތިއްކަކަށް ވާރޭގެ ވެސް އަދު ބޭނުމެއް ބިން ވާނެހޭ؟
ތުއްތުތުއްތުކުދީންގެ ކަރުނައިން އޮއިދެމޭ ކޯރުގެ މަތީ

ދެއްކުމަށް ގަދަކަން، ޖަހާ ގުންފައިން ބުރައިލި ކިސަޑުތަކުން،
ލައްގަނޑެއް ނޫންބާއެ އެހެރީ ހަނދުގެ ވެސް ނިތްކުރިމަތީ

ހަނދު އެތަންވަޅު ބުނެލިއޭ ފުދުމާ ނުފުދުމުގެ ފަރަޤެކޭ
އެދުމުގައި ހުވަފެންތަކުގެ ދެމެނީއެ މުޅި ބިން މަރުމަތީ

ބިމުގެ ޖައްވަށް ދޫވެދާ ކުޑަ ކެހެރިއެއްވެސް ބާރުލައި،
އިމުގެ ތެރެއަށް އެބަ ދަމައިގަނެޔޭ އަމިއްލަ އެދުންމަތީ

ކައުނުގައި އެ ބިމުގެ މަޤާމާ ދާއިރާ ވެސް ނުދަނެޔޭ
ހާދަ ކުޑަ ޒައްރާއެކޭ ނިމެނީ އެ ކިބުރުގެ ގިނިމަތީ

އުޑު ދަމައިގަތްހޭ އުޑަށް، އެއްޗެއް ތިރިން އެ އުޑަށްޓަކައި،
އުޑުވަނީ ފުދިގެންނެ ޙައްދެއް ނެތް އެ ތަނަވަސްކަންމަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *