Support Us

ނަޒާހަތްތެރިޔަކަށް ވައްޗޭ!

ނަމާ އަބުރާ ޤަދަރު ވެއްޔާ މޮޑެވިގެން ދިޔަ ނުދެއްވައްޗޭ
ކަމާއިބަހުން ނިކަން ތެދުވެރި ވަފާތެރި މީހަކަށް ވައްޗޭ

އަޒާބަށް ބިރުވެތިވެ ހެޔޮކަންކަމުން ޒީނަތްތެރިވެ އުޅެމުން
ނަޒާހަތްތެރި ވަރަށް ޚާލިޞް ހިތެއް އޮތް ވެރިޔަކަށް ވައްޗޭ

މަކަރުވެރިކަން އެއީ ފިތުނައިގެ ދަރުކަން ހަނދުމަ ވެސް ކޮށްގެން
މަކަރު އިޔަހޫދި ފިކުރުން ތަން ފަސާދަވެ ދިޔަ ނުދެއްވައްޗޭ

ތިމާގެ ތިމާގެ މީހުންނާ ތިމާއަށް ރަނގަޅު މިތުރުންނަށް
ތިމާހުރި ބޮޑު މަގާމުގެ ލާބަ މަންފާ ވިޔަ ނުދެއްވައްޗޭ

ލިބޭ ނަމަ ކޮންމެ ކަމަކަސް އެކަމުގައި ހެޔޮ މީހަކަށް ވާށޭ
ތިބޭ އެންމެންގެ މައްޗަށް އަދުލުވެރިކަން އިސްކުރައްވައްޗޭ

ތިމާއީ ޚުލްޤު ހެޔޮ މާތް ޒުހުދުވެރި އަޅަކަށް ވެގެން އުމުރަށް
ހިމާޔަތުގައި އުފަލުގައި ދިރިއުޅެން އުންމީދު ދިރުވައްޗޭ

ލިބޭ ހަދިޔާގެ ކުލަޔާ ބޭނުމާ މަޠުލަބު ނިކަން ދަނެގެން
ލިބޭ ހިނދު އޭގެ މަގުސޫދަށް ނުވިސްނައި އަތްނުލައްވައްޗޭ

ވަޒީފާއީ އަމާނާތެއް އެއާ މެދު ވާގޮތުން ޒިންމާ
ވަޒީރެއް ނަމަވިޔަސް ޒިންމާ ވެގެންކަންކަން ކުރައްވައްޗޭ

ނަހަމަ ގޮތުގައި ނުފޫޒާ ވަލުދޮރާށިން ކަންކުރުން ދޫކޮށް
ވިހަމަޔާ އަދުލު އިންޞާފުގެ ދޮރާށިން އަބަދު ވަންނައްޗޭ

ނުސީދާ ގޮތްގޮތުން ހެޔޮ ގޮތް އަދައިގެން ދޭ ވެދުން ހިނދުގައި
ޚަޞީލަތް އޮތް ގޮތެއް ނުބަލައި އެއަށް ހެޔޮކޮށްމެ ނުހިތައްޗޭ

ޒަމީރާ ހިތް ބުނާ ހެޔޮ ބަސް އަހައިގެން ފިކުރު އިސްކޮށްގެން
ޒަމީނާ އާސުމާނު އުޅޭށަ ޖެހުނަސް ކަންމި ވިސްނައްޗޭ

ޚިޔާނާތްތެރިކަމާ ދުރުހެލިވެގެން ބޭޒާރު ނުމެވާހެން
ހިޔާ ޖަންނަތުގެ ހޯދަން މަގުކޮށޭހެން ކަންކުރައްވައްޗޭ

އުޅޭއުޅުމާ އަދަބު އަޚުލާޤުގައި ނަލަ ރީތި ސޫރައިގައި
ގުޅޭ ގުޅުމުން ވިޔަސް ތެދުވެރި ނަޒާހަތްތެރިޔަކަށް ވައްޗޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *