ބޭނުންވާތަކެތި:
02 ޖޯޑު ފުށް 01 ގިޔެތޮމިރުސް
02 ފިޔާ 02 ހިކިމިރުސް
01 ލޮނުމެދު ½ ސައިސަމްސާ ރީނދޫ
1 ހިކަނދިފަތް ލޮނު
01 ލުނބޯ 03 ސައިސަމްސާ ރިހާކުރު
ތައްޔާރު ކުރާނެގޮތް:
ފިޔާ، ލޮނުމެދު، ހިކަނދިފަތް، ލުނބޯ، ގިތެޔޮމިރުސް، ހިކިމިރުސް، ލޮނު، މި ހުރިހާ ބާވަތެއް އެއްކުރުމަށްފަހު ހިމުންކޮށްލާށެވެ. އެއަށްފަހު ފުށުގެ ތެރެއަށް ހިމުންކުރި ހުރިހާ ބާވަތެއް އަޅާ، ރީނދޫ އަދި ރިހާކުރު އެޅުމަށްފަހު ގުޅަވެށޭ ވަރަށް މޮޑެލާށެވެ. އަދި ހުރިހާ ގުޅައެއް ރޮށި ގޮތަށް ދަމާލުމަށްފަހު ބޭނުން ސައިޒަކަށް ކަފާލާށެވެ. އަދި އެއަށްފަހު ތެލުލާށެވެ. ކުޅިރޮށީގައި ތެލުގެ އަސަރު ކުޑަކޮށް ބަހައްޓަން ބޭނުންވާނަމަ ދަމާފައި ހުރި ރޮށިތައް ތެލުލުމުގެ ކުރިން ރޮށިފިހާ ގޮތަށް ކުޑަކޮށް ފިހެލުމަށްފަހު ތެލުލާށެވެ.
ކުޅިރޮށިވެސް އެކި އަތޮޅުތަކުގައި އެކި ގޮތަށް ތައްޔާރުކުރާކަން ފާހަގަކުރެވެއެވެ. މި ގެނެސްދިނީ ހުވަދު އަތޮޅު މީހުން އާންމުކޮށް ކުޅިރޮށި ތައްޔާރުކުރާ ގޮތެވެ.