ބޭނުންވާތަކެތި:
01 ފަރުމަސް (މެދުމިނުގެ) ހިކަނދިފަތް
6 ސައިސަމްސާ ދިވެހި ހަވާދު ރާނބާފަތް
2 ޖޯޑު ކާށިކިރު 1 ގިތެޔޮމިރުސް
2 ފިޔާ 2 ހިކިމިރުސް
2 ލޮނުމެދު 1 ޓޮމާޓޯ
1 ބިލަމަގު ލޮނު
ތައްޔާރު ކުރާނެގޮތް:
ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް ކޮށުމަށްފަހު އެ ދެ ބާވަތުގެ އެއްބައި ދިވެހި ހަވާދަށް އަޅާ ހިމުންކޮށްލާށެވެ. އެއަށްފަހު ހިމުންކުރި ހަވާދުގެ އެތެއެއަށް ބާކީ ހުރި ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް، ހިކިމިރުސް އަދި ހިކަނދިފަތް، ރާނބާފަތް، ކާށިކިރު، ލޮނު އެޅުމަށްފަހު ކައްކަން އުދާށެވެ. ޓޮމާޓޯ އަދި ބިލަމަގު ކުދިކޮށް ކޮށުމަށްފަހު މި 2 ބާވަތާއި އެކު ފަރުމަސް ވެސް އަޅާށެވެ.
ކައްކާ ނިމެން ކައިރިވުމުން ބޯކިރު އެޅުމަށްފަހު ކެކިގަތީމަ އުނދުން ނިއްވާލާށެވެ. ރޮށި ނުވަތަ ބަތާ އެކީގައިވެސް ފަރުމަހުގެ ދޮންރިހަ އަކީ ކާން ވަރަށް މީރު އެއްޗެކެވެ. ރަތްމަހުގެ ދޮންރިހަ އަދި ވަރަށްމީރު ވާނެ އެވެ.