Support Us

"އީ.ޕީ.އެސް ހަނދާން" މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަށް ވެދުންކޮށްފި

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް. ހަނދާން"ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެދުންކޮށްފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މި މަޖައްލާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނަށް "އީ.ޕީ.އެސް. ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވާފައިވާތީ، އީ.ޕީ.އެސް ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އީ.ޕީ.އެސް. ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހުރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސްގެ އިތުރުން އެ ފައުންޑޭޝަންގެ އެހެން އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *