ބޭނުންވާތަކެތި:
02 ބަޓާނާ (ބަޓާނަޓް ސްކޯޝް)
1 ޖޯޑު ހަކުރު
½ ޖޯޑު ފުށް
01 ބިސް
ތައްޔާރު ކުރާނެގޮތް:
ބަޓާނާގެ ތޮށިމަށާ އޮށްތައް ނެގުމަށްފަހު އާވިން މަޑުކުރާށެވެ. ބަޓާނާގައި ފެން ހަރުލާފަ ނެތްކަން ޔަގީންކުރުމަށްފަހު ބަޓާނާއާއި ހަކުރު އަދި ބިސް ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ފުށް އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރެވުމުން ތަވާގައި ނުވަތަ އަވަނުން ފިހެލާށެވެ. ބަޓާނާ ބޯކިބާ ތަވާގައި ފިހަން 1 ގަޑިއިރު ހޭދަވެއެވެ.