Support Us

ޕީ.ޕީ.އެމްގެ އިވެންޓެއްގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ  -ފޮޓޯ: ޕީ.ޕީ.އެމް/ އެފް.ބީ

ނަތީޖާ ނެރެދެވޭނީ ސަރުކާރުގެ "ޕަޕެޓް"އަކަށް ނުވާނޭ، ރައްޔިތުންގެ ޚާދިމަކަށް: ޑރ. މުއިއްޒު

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެދެވޭނީ މި ސަރުކާރުގެ "ޕަޕެޓް" އަކަށް ނުވާނޭ ރައްޔިތުންގެ ޚާދިމަކަށް ކަމުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ މާޗު މަހު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އިދިކޮޅު ޕީ.ޕީ.އެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހަކު ވާންޖެހޭނީ ސަރުކާރުގެ ޕްރެޝަރަށް ދީލާނުލާނޭ، ސަރުކާރާ "ޑީލް"ތައް ނުހަދައި، ރައްޔިތުންގެ ފަޅީގައި ހުންނާނޭ، ރައްޔިތުންގެ ޚާދިމަކަށް ކަމަށެވެ. "ސަރުކާރުގެ ޚާދިމަކަށް" ނޫން!" ކަމަށެވެ.

"މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެދެވޭނީ މި ސަރުކާރުގެ "ޕަޕެޓް" އަކަށް ނުވާނޭ، ސަރުކާރުގެ ޕްރެޝަރަށް ދީލާނުލާނޭ، ސަރުކާރާ "ޑީލް"ތައް ނުހަދައި، ރައްޔިތުންގެ ފަޅީގައި ހުންނާނޭ، ރައްޔިތުންގެ ޚާދިމަކަށް. "ސަރުކާރުގެ ޚާދިމަކަށް" ނޫން!" ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި މާލެ އާއި އަތޮޅުތެރޭގައި ތަރައްގީގެ ގިނަގުނަ ޕްރޮޖެކްޓްތަކެއް ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި ޑރ. މުއިއްޒަކީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ އެންމެ ވާދަވެރި އެއް ކެންޑިޑޭޓެވެ.

ޑރ. މުއިއްޒުގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ މާލޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެ އިސްކަންދީ މަސައްކަތްކުރުން" ކަމަށެވެ.


"މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ މާލޭ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެ އިސްކަންދީ މަސައްކަތްކުރުން. ގުޅީފަޅާއި ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ދޭން ޚާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތްކުރުން،" ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *