ވަންތަކުޅަދުން ޖައްލަރައްބީއަށް ޚުޝޫޢަތުގައި އަނާ
ދަންނަވަން ޙަމްދާއި ޝުކުރާ ޠާޢަތާއެކުގައި ސަނާ
ނެތްތަނެއް ވޮޑިގެން ނުވާ ތިޔަ މާތް އިލާހުގެ ވޮޑިގަތުން
ހެތްކަކަށް ފުދެޔޭ ވަށައިގެން ފެންނަހާ މަންޒަރުތަކުން
ނެތް ކަމުން ފެށުމާ ނިމުން އެއްވެސް ކަމެއް ނުވެ ވަންހަނާ
ރަޙުމަތްފުޅާ ގިނަ ނިޢުމަތޭ ހަފަރާތުގައި ފެންނަންހުރީ
ވަހުމުނެތި ވިސްނައި ހަދާނަމަ ޝުކުރުވެރި ހިތްތައް ފުރީ
ރަޙުމަތަށް އެދިގެން އުޅޭ ނަމަ، އެއް ކަމެއް ނުވެޔޭ މަނާ
ދަންނަވަން ތަސްބީޙަޔާ ޙަމްދާއި ތަޢުރީފާ އެކީ،
ދަންނަހައި ހެޔޮ ބަސްތަކުން ބިރުވެތިކަމާ ލޯތްބާ އެކީ
ދެއްވަވާންދޭ މަޣުފިރަތު!! ޔާރައްބަނާ!! އިޣްފިރްލަނާ!
