ބޭނުންވާ ތަކެތި
ފިޔާ އިނގުރު
ލޮނުމެދު ލުނބޯ
ކޮތަނބިރި ވަޅޯ މަސް
ދިރި ގިތެޔޮމިރުސް
ދަވިއްގަނދު ހިކަނދިފަތް
އަލަ ދަޅުމަސް
ލޮނު ރިހާކުރު
ހުނި ހަނޑޫ
ތައްޔާރުކުރާނެ ގޮތް:
ފިޔާ، ލޮނުމެދު، ހިކަނދިފަތް، ގިތެޔޮމިރުސް، ވަޅޯމަސް ހިމުންކޮށް ކޮށާލާށެވެ. އަދި މިހުރިހާ ބާވަތެއް ދަޅުމަހާއި ލުނބޯ، ހުނި އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ކުޑަ އިނގުރުކޮޅެއް ގާނާލުމަށްފަހު މޮޑުނު ހުރިހާ އެއްޗަކާ އެއްކޮށްލާށެވެ. އަލަވެސް ބޭރު މެށުމަށްފަހު ގާނާލާށެވެ.
އަދި ހަނޑޫ ފެނަށް އެޅުމަށްފަހު ކުޑަކޮށް މަޑުވުމުން މިކްސަރުން ހިމުން ކޮށްލާށެވެ. އެއަށްފަހު ކޮތަނބިރި، ދިރި، ދަވިއްގަނދުގެ އިތުރަށް ރިހާކުރު އަޅައިގެން އަލަ އާއި ހަނޑޫ ވެސް ހިމެނޭ ގޮތަށް (ހުރިހާ ބާވަތެއް) ވަރަށް ރަނގަޅަށް މޮޑެލުމަށްފަހު ތަވާގައި މަނޑުގިނީގައި ފިހެލާށެވެ. އާންމުކޮށް އަލަ ބޯކިބާ ފިހަން 2 ގަޑިއިރު ހޭދަވެއެވެ.