ލަގަން އަތު އޮތަސް އަދު ނެތީ އަސްއަހޭ
ނަގަން ލޯނު އެކި ވަރު ހުރީ މާ ރުހޭ
ނެތޭ މާ ތުރާލެއް ފުރައްސާރައެއް
ގޮތޭ ފެންނަ ކުރެހުން ވަނީ ހުތުރުހޭ
ނެތަސް އެއް މިނެއްގައި ވަހާ ރަހަ ބެލޭން
ގެތަކު އޮތް ބަހާ އަމަލު މީ އަދު ރުހޭ
މެރޭ ކަށް ނެތަސް ލޯއަދާ މަދާ
ކެރޭ އަތްތަކުން މުޅި ޚަޒާނާ މޮހޭ
ދަރާކަށް ނެތަސް އަތް ތަނުގެ ރައްކަލަށް
ނަޒާހަތުގެ މޭކަޕު ކުރާނީ ބޮހޭ
ލަފާ ލައްގަނޑޭ އެކި ކުލައިން ބަބުޅަނީ
ނަފާ އޮތް އަމާން ސުލްހަ ނެއްތީ ގޮހޭ
ދެކެން އަދު ނެތަސް އެޅި ޒުވާން ކޫރުތައް
މެކެން ބަސްމޮށޭ އިއްފަތަށް މާރުހޭ
ނެގޭކަށް ނެތަސް ލޯބި ވެރިޔަކު ތަނުން
އެނގޭ ވަކިކުރަން"ރީތި" ހުސްކޮށް މެހޭ
އެއީ ބޭވަފާއޭ އެއީ ކެހިތަކޭދޭ
އެއީ ލޯބި ގިރިޓީގެ ކުލަ! ހުތުރުހޭ؟
ނެތަސް ސިއްރު ވާކަށް ހަގީގަތް ސަފުން
ގޮތަށް ތިޔަ ނުކެކި ޖަޒްބު މަތަވާނެހޭ